13 ޖުލައި 2025 - 11:48 0
ލީވާން އަލީ ނާސިރު
ހުޅުމާލެ ފްލެޓެއްގައި ރޯވި އަލިފާން ނިއްވާލުން -- ފޮޓޯ: އެމްއެންޑިއެފް
13 ޖުލައި 2025 - 11:48 0
ހުޅުމާލެ ފޭސް 1 ގެ ނަންބަރު ފްލެޓްގެ ތިންވަނަ ފަންގިފިލާގައި ބިދޭސީން ދިރިއުޅޭ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވެ، އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. ނަމަވެސް އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގައި އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
"އަލިފާނުގެ ހާދިސާ ހިނގާފައިވަނީ 94 ވަނަ ފުލެޓްގެ ތިންވަނަ ފަންގިފިލާގެ ދެވަނަ އެޕާޓްމަންޓުގައި. 11 ބިދޭސީން ދިރިއުޅޭ އެ އެޕާޓްމަންޓަށް ދުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި. ހާދިސާގައި، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމުގެ މައުލޫމާތު ވަނީ ލިބިފައި،" އެމްއެންޑިއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެޕާޓްމަންޓުގައި ހުރި ގިނަ ފަރުނީޗަރުތަކާއި އެހެނިހެން ސާމާނުތައް ވަނީ އަނދައި އަޅިއަށްވެފަ އެވެ.
Comment