Advertisement

ވިލުފުށި ތެޔޮ ބޯޓުގައި ރޯވެ ފިހުނު މީހާ ވެންޓިލޭޓަރުން ނަގައިފި

12 ޖުލައި 2025 - 13:14 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވިލުފުށި ތެޔޮ ބޯޓެއްގައި ރޯވުން: ފިހުނު ދިވެހި މީހާ ވަނީ ވެންޓިލޭޓަރު ނަގާފައި -- ފޮޓޯ: އެމްއެންޑީއެފް


ވިލުފުށި ތެޔޮ ބޯޓުގައި ރޯވެ ފިހުނު މީހާ ވެންޓިލޭޓަރުން ނަގައިފި

12 ޖުލައި 2025 - 13:14 0

ތ. ވިލުފުށި ތެޔޮ ބޯޓެއްގައި ޖުލައި 1، ގައި ރޯވެ ފިހުނު މީހާ މާލެ ގެނެސް ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، ހާލު ރަނގަޅުވުމުން ވެންޓިލޭޓަރުން ނަގައިފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އަދަދު އަށް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ފިހުނު 61 އަހަރުގެ ދިވެހި މީހާ ވެންޓިލޭޓަރުން ނަގައި މިހާރު ވޯޑަށް ވެސް ބަދަލުކޮށްފައިވާ ކަމަށެވެ.

"އެ މީހާ ވެންޓިލޭޓަރުން ނަގައި ވޯޑަށް ވެސް ވަނީ ޓްރާންސްފާ ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ވިލުފުށި ބަނދަރުގައި އޮތް ތެޔޮ ބޯޓުގައި ރޯވި ހާދިސާގައި ދިވެހި މީހާގެ އިތުރުން ބިދޭސީއަކު ފިހިގެން ވިލުފުށި ހެލްތު ސެންޓަރަށް ގެންދިޔަ އެވެ. ނަމަވެސް ދިވެހި މީހާގެ ހާލު ސީރިއަސް ކަމުން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފެށީ ވެސް އައިސީޔޫގަ އެވެ.

ފުލުހުން ބުނީ ތެޔޮ ބޯޓުގައި ރޯވި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ ހާދިސާގައި ތެޔޮ ބޯޓު ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ. ތެޔޮ ބޯޓުގައި ރޯވާން ދިމާވި ސަބަބެއް މިހާތަނަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.