Advertisement

އަލިފާނުގެ ހާދިސާއާ ގުޅިގެން 10 ގެއަކުން 77 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން

ޕްރައިމް ފާޓިލައިޒާސް ގުދަނުގައި ރޯވެ އަނދައި ހުލިވުން: އަލިފާނުގެ ހާދިސާއާ ގުޅިގެން 15 ގެއަކުން 454 މީހުން އިވެކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީކުރި -- ފޮޓޯ: އަދަދު


އަލިފާނުގެ ހާދިސާއާ ގުޅިގެން 10 ގެއަކުން 77 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން

މާފަންނުގައި ހުންނަ ޕްރައިމް ފާޓިލައިޒާސްގެ ގުދަނުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 10 ގެއަކުން 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިފި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނީ ރޭ 2:30 ގެ ނިޔަލަށް 15 ގެއަކުން 454 މީހުން އިވެކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީކުރިއިރު، އޭގެ ތެރޭގައި 302 ބިދޭސީން ހިމެނެ އެވެ.

ބައެއް އާއިލާތަކުން ވަގުތީ ގޮތުން އާއިލީ ގޭގެއަށް ބަދަލުވެފައިވާކަން ފާހަގަކޮށް އެންޑީއެމްއޭއިން ބުނީ 15 ގެވެސް ހުސްކުރަން ޖެހުނީ ބޯދުމުގެ ސަބަބުން ކަމަށެވެ.

އިވެކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީކުރި 280 ބިދޭސީންނާ އެމީހުންގެ ވެރިފަރާތުން ހަވާލުވިއިރު، 20 ބިދޭސީއަކަށް ރެޑްކްރެސެންޓުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމްލަ ހަތް މީހަކަށް ހޮސްޕިޓަލުގައި ފަރުވާދިނެވެ. އެ ހަތް މީހުންގެ ވެސް ހާލު ރަނގަޅެވެ.

ޕްރައިމް ފާޓިލައިޒާސް ގުދަނުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.