Advertisement

ތިނަދޫ އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ 75 ދުވަސް ފަހުން މަރުވެއްޖެ

10 ޖުލައި 2025 - 21:43 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ތިނަދޫ އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ 75 ދުވަސް ފަހުން މަރުވެއްޖެ

10 ޖުލައި 2025 - 21:43 0

ތިނަދޫ ސިޓީގައި އޭޕްރިލް 27، ގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އަންހެން މީހާއަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވެގެން މާލެ ގެނައި 31 އަހަރުގެ އަންހެން މީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

އަންހެން މީހާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނީ އެ އަންހެން މީހާގެ ބޮލަށް ލިބިފައިވާ އަނިޔާގެ ސީރިއަސް ކަމުން އޭނާ އެކްސިޑެންޓުވި ދުވަހުގެ ރޭ އެމަޖެންސީކޮށް މާލެ ގެނެސް ފަރުވާ ދޭން ފެށުމުން ހާލު ރަނގަޅުވާން ފެށި ކަމަށެވެ.

ނަމަވެސް އެ އަންހެން މީހާގެ ހާލު އިތުރަށް ގޯސްވީ މެއި 7، ގައި ކުރި ސިކުނޑީގެ އޮޕަރޭޝަނަށްފަހު އިންފެކްޝަނެއް އުފެދިގެން ކަމަށާއި އެއަށްފަހު ފަރުވާ ދެމުންދިޔައީ އައިީސީޔޫގައި ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުގައި ކާރު ދުއްވަން ހުރި މީހާ ފުލުހަށް ހާޒިރުކޮށް ތަހުގީގަށް ބޭނުންވާ ސުވާލުތަކެއް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރާއްޖޭގައި ހިނގާ އެކްސިޑެންޓުތަކުގެ އަދަދުތައް އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާއިރު، އެކްސިޑެންޓުތަކުގައި މަރުވާ މީހުންގެ އަދަދު ވެސް އިތުރެވެ.