Advertisement

ހައިވޭގައި ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެ ދެ މީހަކަށް ފަރުވާދެނީ

29 ނޮވެންބަރު 2025 - 11:55 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ސިނަމާލެ ބުރިޖުން ބަހަކާއި ގިނަ އަދަދެއްގެ ސައިކަލު ދުއްވާފައިދާއިރު ފަހަތުގައި ފުލުހުންގެ ކާރެއް މަޑުކޮށްލައިގެން ----- ފޮޓޯ: އަދަދު


ހައިވޭގައި ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެ ދެ މީހަކަށް ފަރުވާދެނީ

29 ނޮވެންބަރު 2025 - 11:55 1

މާލެ އާއި ހުޅުމާލެ އާއި ދެމެދު އޮންނަ ހައިވޭގައި ދުއްވާފައި ދިޔަ ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިއަދު ހެދުނު 9:00 ހާއިރު ހިނގި މި އެކްސިޑެންޓުގައި ދެ އުޅަނދު ޖެހުނީ ހައިވޭގެ ހަތަރު ލޭނު އޮންނަ ސަރަހައްދުން ކަމަށެވެ. އެއީ މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހެމުންދިޔަ ވަގުގެތެކެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 28 އަހަރުގެ ދިވެހި ފިރިހެނަކަށާއި 22 އަހަރުގެ ދިވެހި އަންހެނަކަށެވެ. އޭގެ ތެރެއިން ފިރިހެން މީހަގެ ކަނާތު ކޮނޑުހުޅު ނެއްޓި އަނިޔާވެފައިވާއިރު އަންހެން މީހާގެ ހަށިގަނޑުގެ އެކި ތަންތަން މަށައިގެން ގޮސްފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި މި ދެ މީހުންނަށް ވެސް ފަރުވާ ދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގަ އެވެ. އެ މީހުންގެ ހާލު ސީރިއަސް ކަމަކަށް ފުލުހުން ނުބުނެ އެވެ.

އެކްސިޑެންޓު ހިނގި ސަބަބު ހޯދައި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މާލެ-ހުޅުމާލެ ހައިވޭގައި މީގެ ކުރިންވެސް ނުރައްކާތެރި އެތައް އެކްސިޑެންޓެއް ހިނގާފައިވެ އެވެ. މި އެކްސިޑެންޓުތަކުގައި މީގެ ކުރިން މީހުން މަރުވެފައިވެސް ވެ އެވެ.