Advertisement

އޭޑީކޭ ހޮސްޕިޓަލުގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ޔުނިޓެއް ގާއިމުކޮށްފި

2 ޖުލައި 2025 - 12:53 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އޭޑީކޭ ހޮސްޕިޓަލުގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ޔުނިޓެއް ގާއިމުކޮށްފި

2 ޖުލައި 2025 - 12:53 1

އޭޑީކޭ ހޮސްޕިޓަލުގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ޔުނިޓެއް ގާއިމުކޮށް، އެ ޔުނިޓުން ބަލިމީހުންނަށް ހިދުމަތް ދޭން ފަށައިފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ އެ ޔުނިޓުން އުމުރުން ދުވަސްވީ ބަލިމީހުންނަށް ކިއުގައި މަޑުނުކޮށް ވަގުތުން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެ ކަމަށެވެ.

އުމުރުން ދުވަސްވީ މީހުންނަށް ޑޮކްޓާ ޕާންޑިއަން ވިންގުގެ ދެވަނަ ފަންގިފިލާއިން ވަގުތުން މެމޯ ހެއްދޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުންޏެވެ.

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކުރި ޔުނިޓާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 1440 ނަންބަރަށް ގުޅުމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ އެދިފަ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބަލި މީހުންނަށް ފަސޭހައިން ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި، ބޭނުންތެރި އައު ހިދުމަތްތައް އަންނަނީ ތައާރަފްކުރަމުންނެވެ.