Advertisement

ދަރިމައިވުމުގެ ހާއްސަ ފަރުވާއެއް އޭޑީކޭއިން ތައާރަފު ކުރަނީ

18 ފެބުރުވަރީ 2026 - 15:08 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އިއްޔެ އޭޑީކޭ ހޮސްޕިޓަލުގައި ބޭއްވި މި އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ----


ދަރިމައިވުމުގެ ހާއްސަ ފަރުވާއެއް އޭޑީކޭއިން ތައާރަފު ކުރަނީ

18 ފެބުރުވަރީ 2026 - 15:08 0

އާޓިފިޝަލް ރީޕްރޮޑަކްޝަން ތެރަޕީ ނުވަތަ ދަރިމައިވުމުގެ މައްސަލަތަކަށް ދެވޭ އެންމެ ޒަމާނީ ފަރުވާތައް ގާއިމުކުރުމަށް އޭޑީކޭ ހޮސްޕިޓަލުން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އެ ހޮސްޕިޓަލުން މި އެމްއޯޔޫ އޭޑީކޭއިން ގާއިމުކުރީ އެ ދާއިރާގެ ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ "ވޫމްބް" އާއެކު އެވެ.

މި އެމްއޯޔޫގެ ދަށުން، އޭޑީކޭ ހޮސްޕިޓަލުގެ ކްލިނިކަލް ހިދުމަތްތަކުގެ ފެންވަރާއި، "ވޫމްބް" ގެ ހާއްސަ ފަންނީ ތަޖުރިބާ އެއްކޮށްލައިގެން ދުނިޔޭގެ ފެންވަރުގެ ފާޓިލިޓީ ހައްލުތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ރޭވިފައިވާ ކަމަށް އޭޑީކޭއިން ބުނެ އެވެ.

"މިއީ ދަރިމައިވުމުގެ ދަތިތައް ތަހައްމަލު ކުރަމުންދާ އާއިލާތަކަށް އުންމީދީ މެސެޖެއް ދިނުމަށާއި، ދަރިން ހޯދުމުގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް،" އޭޑީކޭ އިން ބުނެ އެވެ.

މި އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތަކާއެކު ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމަށް އޭޑީކޭއިން ބުނެ އެވެ.

ރާއްޖެއިން ބޭރަށް ނުގޮސް، ފެންވަރު ރަނގަޅު އޭއާރްޓީގެ ހިދުމަތްތައް ރާއްޖޭގައި ތިބެގެން ހޯދުމުގެ ފުރުސަތު މި އެއްބަސްވުމާއެކު މަގުފަހި ކުރެވޭނެ ކަމަށް އޭޑީކޭއިން ބުނެ އެވެ.