13 ޖޫން 2025 - 14:06 7
މުހައްމަދު ޝަހްޒާން
އަލީ ރަމީޒް ދީނީ ޕްރިގްރާމެއް ހުށަހަޅައިދެއްވަނީ --
13 ޖޫން 2025 - 14:06 7
މި ފަހުގެ ތާރީހެއްގައި އަންހެންވެރިން އާންމުންގެ ތެރެއަށް ނުކުމު ނުނަށާ ވަރަށް މިދިޔަ ބޮޑު އީދުގައި ނެށި ކަމަށް ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތުގައި ފާހަގަކޮށްލެވޭ އަލީ ރަމީޒް ބުނެފި އެވެ.
ސޯޝަލްމީޑިއާ އިންފްލުއެންސަރެއްގެ ގޮތުގައި ވެސް ފާހަގަކޮށްލެވޭ އަލީ ރަމީޒް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މީގެ ކުރިން އަންހެންވެރިން ނުކުމެ ނުނަށާ ވަރަށް މިދިޔަ އީދުގައި ނެށި ކަމަށެވެ. އަދި އެކަމަ ހިތާމަ ކުރާ ކަމަށް އޭނާގެ ޕޯސްޓުގައި ބުނެފައިވެ އެވެ.
އަލީ ރަމީޒްގެ އެ ޕޯސްޓަށް މިހައިތަނަށް ދެހާހަށްވުރެ ގިނަ ރިއެކްޝަނާއި 306 ޝެއާ އަދި 186 ކޮމެންޓު ލިބިފައިވެ އެވެ. އޭގެތެރެއިން ގިނަ މީހުން އަލީ ރަމީޒްގެ އެ ވާހަކައަށް ތާއީދުކޮށް ވާހަކަ ދައްކާފައިވެ އެވެ.
މިފަދަ ޕޯސްޓެއް އަލީ ރަމީޒް ކުރިއިރު، މިދިޔަ އަހަރުން ފެށިގެން ރާއްޖޭގެ އެކި ރަށްރަށުގެ މެދުގައި ވަނީ ބޮޑު އީދު ކުޅިވަރުގެ ވާދަވެރިކަމެއް އުފެދިފަ އެވެ. އެ ވާދަވެރިކަން އުފެދިގެން އައީ މިދިޔަ އަހަރުގެ ބޮޑު އީދުގައި ބ. ކަމަދޫއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުމުންނެވެ.
އަލީ އަމީޒް މިފަދަ ޕޯސްޓެއް ކުރިއިރު، މިދިޔަ ބޮޑު އީދުގެ ކުޅިވަަރުތައް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކުޅުމަށް ސަރުކާރުން އޮތީ އަންގައިފަ އެވެ. އަދި އެކަން އެގޮތަށް ކުރޭތޯ ބެލުމަށް ސަރުކާރުގެ މުއައްސަސާތަކަށް ވެސް ސަރުކާރުން އެންގި އެވެ.
އެހެންނަމަވެސް އެކަން ބަލާނެ މިންގަނޑެއް ސަރުކާރުން އެކުލަވައެއް ނުލަ އެވެ. އަދި އެފަދަ ހަރަކާތްތައް ހިންގާނަމަ ދެން އަމަލު ކުރާންވީ ގޮތެއް ވެސް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ބޮޑު އީދަކީ ޒަމާނުއްސުރެ ވެސް ދިވެހީންގެ ސަގާފީ އެކި ކުޅިވަރުތައް ކުޅެމުން އަންނަ ބަންދެކެވެ. އެ އީދުގައި ފެން ޖެހުމާއި ބޮޑުމަސް ނެރުމުގެ އިތުރުން ކޯޑި ކެނޑުމާއި މާލި ނެރުން ފަދަ ސަގާފީ ކުޅިވަރުތައް އޮވެ އެވެ.
Comment