Advertisement

އާރިއަމް ޝޮޕް ހުޅުވައިފި

13 ޖޫން 2025 - 10:09 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އާރިއަމް ޝޮޕް ހުޅުވައި ދެނީ -- ފޮޓޯ: އަދަދު


އާރިއަމް ޝޮޕް ހުޅުވައިފި

13 ޖޫން 2025 - 10:09 0

ޕޮލެންޑުގެ މަޝްހޫރު އަދި ދިވެހިންގެ އިތުބާރު ލިބިފައިވާ ސަންތޭ މަރުކާގެ އުފެއްދުންތަކުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރު، އާރިއަމް ޕްރައިވެޓު ލިމިޓެޑްގެ ޝޯރޫމު، އާރިއަމް ޝޮޕްގެ ނަމުގައި ރޭ ހުޅުވައިފި އެވެ.

އާރިއަމް ޝޮޕް ހުންނާނީ މާފަންނު ހަވީރީ ހިނގުމުގައި ކުރިން ހެއާ ކެއާ ފިހާރަ ހުރި ތަނެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް އެތައް ހުޅުވާނެ އެވެ.

ސަންތޭގެ އުފެއްދުންތައް ކުރިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުން ދިޔަ އޮންދިގޯ ޕްރައިވެޓު ލިމިޓެޑުގެ ވިޔަފާރި ހުއްޓުމާ ގުޅިގެން ރާއްޖޭގެ ބާޒާރުން ދޮޅު އަހަރަށް ސަންތޭ ގެއްލިގެން ދިޔުމަށް ފަހު އާރިއަމް އިން އެ އުފެއްދުން އެތެރެކުރަން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.

އާރިއަމް ޝޮޕް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އޮންދިގޯގެ ޗެއާމަން މުހައްމަދު ޖުނައިދު ވެސް ބައިވެރިވެވަޑައިގަތެވެ.

އޭނާ ވިދާޅުވީ ސަންތޭގެ އަކީ ދުޅަހެޔޮ ސިއްހަތަކަށް ރަނގަޅު އުފެއްދުމެއް ކަމަށެވެ.

"މިއީ ވަރަށް ފެންވަރު ރަނގަޅު އުފެއްދުމެއް، ގުދުރަތީ ބާވަތްތަކުން މުއްސަނދި އުފެއްދުމެއް،" އޭނާ ވިދާޅުވި އެވެ.

ސަންތޭ މަގުބޫލުވެގެން ދިޔައީ އުފެއްދުންތަކުގެ ފެންވަރާއި ދުޅަހެޔޮ ސިއްހަތަށް ބަލާފައިވާ މިންވަރުންނެވެ. ނާސްތާގެ އުފެއްދުންތަކުން ފެށިގެން ކުކީސް، ބްރާން، ވީޓު ބާ، ގްރޯޓްސް، ނަޓްސް އަދި ހިކި މޭވާ، ތަރުކާރީ ސްޕްރެޑްސް އަދި ޓެރިންސް، ތަރުކާރީ ބުއިން ފަދަ ތަކެތި ސީ ސޯލްޓް، ގްރެނޯލާ، ފިޓަލް، މުސްލީ ލޯ، ސްމާޓް ޓީންސް - ކުޑަކުދިންނަށް ނާސްތާ ސީރިއަލް، މި މަރުކާގައި އުފައްދަ އެވެ.

ސަންތޭގެ އުފެއްދުންތަކުގެ އިތުރުން އާރިއަމްއިން މިހާރު ޑރ. ޖެރާޑް މަރުކާގެ ބިސްކޯދުގެ ބާވަތްތަކާއި ލަންކާގެ ޑެއިލީ މަރުކާގެ އުފެއްދުންތައް ވެސް އެތެރެކޮށް ވިއްކަ އެވެ.

އާރިއަމްއިން އެތެރެކުރާ ބާވަތްތަކަށް އޯޑަރު ދިނުމަށް ފިހާރައަށް ޒިޔާރަތްކުރުމުގެ އިތުރުން 7395919 އަށް ގުޅައިގެން ވެސް އޯޑަރު ދެވޭނެ އެވެ. އަރިއާމްގެ ވެބްސައިޓުން އުފެއްދުންތައް ގަނެވޭނެ އެވެ