Advertisement

އަސާސީ ލިސްޓަށް އިތުރުކުރި 23 ބާވަތް އެސްޓީއޯއިން ބާޒާރަށް ނެރެފި

15 އޮކްޓޯބަރު 2025 - 18:50 1

އެސްޓީއޯއިން ބާޒަރަށް ނެރުނު ބާވަތްތައް: އަސާސީ ލިސްޓުގައި ހިމެނޭ ބާވަވްތައް ބާޒާރުން އަބަދު ވެސް ލިބެން ހުންނަން ޖެހޭ -- ފޮޓޯ؛ އެސްޓީއޯ


އަސާސީ ލިސްޓަށް އިތުރުކުރި 23 ބާވަތް އެސްޓީއޯއިން ބާޒާރަށް ނެރެފި

15 އޮކްޓޯބަރު 2025 - 18:50 1

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް އެސްޓީއޯއިން ބާޒަރަށް ނެރެ ވިއްކަން ފަށައިފި އެވެ.

ކުރިން ހަނޑުލާއި ހަކުރާއި ފުށް އޮތް އަސާސީ ކާބޯތަކަތީގެ ލިސްޓަށް މޭވާގެ 10 ބާވަތަކާއި ތަރުކާރީގެ 10 ބާވަތައެއްގެ އިތުރުން މުގާއި ކާއްޓާއި ކުކުޅި ބިސް އިތުރުކުރީ، ބާޒާރުން އެ ތަކެތި ލިބުން ދަތިވެ، އަގު އުފުލާ މައްސަލައިގައި ސަރުކާރުން އެޅި ފިޔަވަޅެއްގެ ގޮތުގަ އެވެ.

އެސްޓީއޯއިން ބުނި ގޮތުގައި، މިއަދުން ފެށިގެން މި ހުރިހާ ބާވަތެއް އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ލިބެން ހުންނާނެ އެވެ.

މި ބާވަތްތައް ބާޒާރަށް ނެރުނީ، މިހާރު ހުރި އަގުތަކަށް ބަލާފައި ކަމަށް އެސްޓީއޯއިން ބުންޏެވެ. މި އަގުތައް އިކޮނޮމިކް މިނިސްޓްރީގެ "އަގުމަގު" ޕޯޓަލްއިން ފެންނަން ހުންނާނެ އެވެ.

އެސްޓީއޯއިން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ބާޒާރުގައި ހުންނަ އަގުތަކަށް އަންނަ ބަދަލުތަކާ އެއް ގޮތަށް އެސްޓީއޯއިން ވިއްކާ އަގަށް ބަދަލު ގެންނާނެ ކަމަށެވެ.

އަސާސީ ލިސްޓުގައި ހިމެނޭ ބާވަތްތައް

  • މޭވާ - ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީމޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް، މޭބިސްކަދުރު
  • ތަރުކާރީ - ފިޔާ، އިނގުރު، ކެރެޓު، ބަށި، ކައްޓަލަ، އަލުވި، ކެބެޖު، ބަރަބޯ، ބޯވެލި، ލޮނުމެދު
  • އެހެނިހެން ބާވަތްތައް - ހަނޑޫ، ހަކުރު، ފުށް، މުގު، ކާށި، ކުކުޅު ބިސް

އެސްޓީއޯއިން ބާޒާރުގައި މި ތަކެއްޗަށް އޮންނަ ޑިމާންޑަށް ބަލައި، މި ތަކެތި ލިބޭނެ މަގު ފަހިކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ކުރަން އެ ކުންފުންޏަށް ކުރެވޭނެ އިތުރު ކަންކަމާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"އެސްޓީއޯގެ އަމާޒަކީ ސިއްޙަތަށް ފައިދާހުރި ކާބޯތަކެތި އެކަށޭނެ އަގެއްގައި އަބަދު ވެސް ރައްޔިތުންނަށް ލިބެން ހުރުން،" އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯއިން މީގެ ކުރިން ވެސް ބާޒާރުގައި މި ބާވަތްތައް އެތެރެކޮށްގެން ވިއްކަ އެވެ. ނަމަވެސް އަސާސީ ބާވަތުގެ ގޮތުގައި ކަނޑައެޅި، އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރެވިގެން ދިޔުމުން، އަބަދު ވެސް ބާޒާރުން މި ބާވަތްތައް ލިބޭ ގޮތް ހަދަން ޖެހެ އެވެ.