Advertisement

ތީފަރިދޫގައި އުފައްދާ ބްރައުން ބިސް ތާޒާކަމާއެކު ބާޒާރަށް

20 ނޮވެންބަރު 2025 - 14:11 5


ތީފަރިދޫގައި އުފައްދާ ބްރައުން ބިސް ތާޒާކަމާއެކު ބާޒާރަށް

20 ނޮވެންބަރު 2025 - 14:11 5

ރާއްޖޭގައި ބްރައުން ބިސް އުފައްދައި ތާޒާކަމާއެކު ބާޒާރަށް ނެރެ، ވިއްކަމުންދާކަން އެނގޭ ހެއްޔެވެ؟

ގިނަ އަދަދަކަށް ކުކުޅު ބިސް ރާއްޖޭން ބޭރުން އެތެރެކުރެ އެވެ. ނަމަވެސް އޭގެ ބައެއް ބިހަކީ ގިނަ ދުވަސްވުމާއި، ތަފާތު އެހެން ސަބަބުތަކާ ހެދި ތާޒާކަން ގެއްލިފައިވާ ބިހެވެ.

ނަމަވެސް ތީފަރިދޫން އުފައްދާ ބިސް ގިނަ ވެގެން ހަފުތާއެއްގެ ތެރޭގައި މާލެ ގެނެސް ތާޒާކަމާއެކު ބާޒާރަށް ނެރެ އެވެ. އެހެންވެ، ބޭރުން އެތެރެކުރާ ބިހާ ހިލާފަށް ތީފަރިދޫގައި އުފައްދާ ބިހުގެ ގުދުރަތީ އަސްލަށް ބަދަލެއް ނާދެ އެވެ. ތާޒާކަމަށް ވެސް އަސަރެއް ނުކުރެ އެވެ.

"މިއީ ވަރަށް ތާޒާކަމާއެކު ބާޒާރަށް ނެރޭ ބިހެއް. އަދި އުފައްދަނީ ވެސް ވަރަށް ރަނގަޅު ފެންވަރެއްގައި،" ތީފަރިދޫގެ އޮފިޝަލަކު ބުންޏެވެ.

ތީފަރިދޫގައި ކުކުޅު ގެންގުޅުމާއި މޭވާ އާއި ތަރުކާރީގެ ބާވާތްތައް ހައްދާތާ 15 އަހަރު ވެއްޖެ އެވެ.

ތީފަރިދޫ ބްރައުން ބިސް، މާލޭގައި ހުންނަ ތީފަރިދޫގެ ދެ ފިހާރައިގެ އިތުރުން މާލޭގެ ބޮޑެތި ފިހާރަތަކުން ލިބެ އެވެ. އަދި ރަށްރަށުގެ ގެސްޓު ހައުސްތަކާއި ރިސޯޓުތަކަށް ވެސް އެ ބިސް ސަޕްލައިކުރެ އެވެ.

"މި ބިހަށް ވަރަށް އޮތް ޑިމާންޑު ދަނީ އިތުރުވަމުން،" އޮފިޝަލް ބުންޏެވެ.

ތީފަރިދޫން ހަމައެކަނި އުފައްދަނީ ކުކުޅު ބިހެއް ނޫނެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ އެ ރަށުން ގިނަ ބާވަތްތަކެއްގެ މޭވާ އާއި ތަރުކާރީ ވެސް އުފައްދަ އެވެ.