ގިނަ ބާވަތްތަކުގެ މުދާ ވިއްކާ އެމްއެޗްއޭ އިން އެ ފިހާރައިގެ ބައެއް މުދަލަށް ބޮޑު ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
މި ޕްރޮމޯޝަންގައި ބައެއް މުދަލަށް 50 ޕަސެންޓު ޑިސްކައުންޓް ލިބޭއިރު، "ބައި ވަން ގެޓް ވަން" އޮފާތަކާއި "ބައި ޓޫ ގެޓް ވަން ފްރީ" އޮފާތައް ހިމެނެއެވެ.
ޕްރޮސްވީޓް އަސޫ މާޝްމެލޯ ކޭކް ކޮކޯނަޓް 40 ގްރާމް
ސަޕޯރީ ކަންޓޫޗިނީ ޑާކް ޗޮކްލެޓް ބިސްކޮޓީ 175 ގްރާމް
މި ބާވަތްތަކުގެ ސްޓޮކް ހުސްވަން ދެން މި ހާއްސަ އޮފާތައް ކުރިއަށް ދާނެ ކަމަށް އެމްއެޗްއޭއިން ބުންޏެވެ.
ބައިގަރުނަ ކުރިން ފެށިގެން ރާއްޖެއަށް މުދާ އެތެރެކޮށް ވިއްކަން ފެށި އެމްއެޗްއޭއަކީ އެންމެ ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ގިނަ އަދަދެއްގެ ރީޓެއިލް ފިހާރަ ވެސް ހިންގާ ކުންފުންޏެވެ.
އެމްއެޗްއޭގެ ތިން މާޓެއް މާލޭގައި ހުންނައިރު ހުޅުމާލޭގައި ދެ މާޓް ހުރެ އެވެ. މާލޭގެ މާޓްތައް ހުންނަނީ އޯކިޑު މަގު، ފަރީދީ މަގު އަދި މަޖީދީ މަގުގަ އެވެ. ހުޅުމާލޭގެ މާޓްތައް ހުންނަނީ ރެއިންކްރެސްޓް ރެޒިޑެންސް އަދި ނިރޮޅު މަގުގަ އެވެ.
Comment