11 ޖޫން 2025 - 09:28 6
ލީވާން އަލީ ނާސިރު
11 ޖޫން 2025 - 09:28 6
އަންނަ ހުކުރު ދުވަހު އެމެރިކާގައި ފަށާ ފީފާ ކްލަބް ވޯލްޑް ކަޕްގެ މެޗުތައް މީޑިއާނެޓުން ވަގުތުން ދުރަށް ދެއްކުމަށް ހަމަޖެހިއްޖެ އެވެ.
މީޑިއާނެޓްގެ ސްޕޯޓްސް އެޑްއޮން ނުވަތަ ވެރައިޓީ ހިޓްސްފަދަ ޕެކޭޖްތަކަށް ސަބްސްކްރައިބް ކޮށްގެން ޓީވީން ފަސޭހަކަމާ އެކު މެޗު ބަލައިލެވޭނެ އެވެ.
މީގެއިތުރުން އެންމެ 80ރ. އަށް އެމްޓީވީ ކޮމްބޯ ޕެކޭޖް ނަގައިގެން ކްލަބް ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ވަގުތުން ފޯނުން ބަލައިލެވޭނެ އެވެ. އަދި މުޅިން އަލަށް އެމްޓީވީއަށް ރަޖިސްޓްރީ ކުރާ ކަސްޓަމަރުންނަށް 30 ދުވަހު ހިލޭ އެޕް ބޭނުން ކުރަން ލިބޭ ފުރުސަތުގައި މުބާރާތް ހިލޭ ބަލައިލެވޭނެ އެވެ.
މިއީ ކްލަބް ވޯލްޑްކަޕްގައި ބައިވެރިވާ ޓީމުތައް 32 އަށް އިތުރުކޮށް ބާއްވާ ފުރަތަމަ މުބާރާތް ކަމަށްވާއިރު، މުބާރާތުގައި ވާދަކުރާނީ އެކި ސަރަހައްދުތަކުގެ ޗެމްޕިއަން ކްލަބްތަކެވެ.
މުބާރާތުގައި ވާދަކުރާ ކްލަބްތަކުގެ ތެރޭގައި ރެއާލް މެޑްރިޑް، މެންޗެސްޓާ ސިޓީ، ޗެލްސީ، ބަޔާން މިއުނިކް، ޔުވެންޓަސް އަދި ރިވާ ޕްލޭޓް ހިމެނެ އެވެ.
މީގެއިތުރުން ފުޓުބޯޅަ ލެޖެންޑް ލިއޮނެލް މެސީ ކުޅޭ އިންޓަ މިއާމީން ވެސް މުބާރާތުގައި ވާދަކުރެ އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ޖޫން 26، ގެ ނިޔަލަށް ކުރިއަށްދާއިރު، ނޮކްއައުޓް ބުރަށްފަހު ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ ޖުލައި 13، ގައި ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗު ކުޅޭ ނިއު ޖޯޒީގެ މެޓްލައިފް ސްޓޭޑިއަމުގަ އެވެ.
ކްލަބް ވޯލް ޑްކަޕްގެ މެޗުތައް މީޑިއާނެޓުން ވަގުތުން ފެންނާނީ އައިސް އަލްޓްރާ އެޗްޑީ ޗެނަލުންނެވެ. މީޑިއާނެޓުން ދޫކުރާ ޕެކޭޖުތަކާއި ބެހޭ މައުލޫމާތު ހޯދުމަށް 3320800 ނަންބަރު ފޯނަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.
Comment