Advertisement

އޭޑީކޭ ހޮސްޕިޓަލުގެ ވޯކް-އިން އިންޓަވިއު އަންނަ ހޮނިހިރު ދުވަހު

10 ޖޫން 2025 - 12:36 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އޭޑީކޭ ހޮސްޕިޓަލް


އޭޑީކޭ ހޮސްޕިޓަލުގެ ވޯކް-އިން އިންޓަވިއު އަންނަ ހޮނިހިރު ދުވަހު

10 ޖޫން 2025 - 12:36 0

އޭޑީކޭ ހޮސްޕިޓަލަށް މުވައްޒަފުން ނެގުމަށް އަންނަ ހޮނިހިރު ދުވަހު ވޯކް-އިން އިންޓަވިއު ބޭއްވުމަށް ނިންމައިފި އެވެ.

ވޯކް-އިން އިންޓަވިއު ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް އޮފީހުގައި ހޮނިހިރު ދުވަހު ހެނދުނު 10:00 ފެށިގެން މެންދުރު 2:00 ޖެހުމާ ހަމައަށެވެ.

މުވައްޒަފުންގެ ޝަރުތުތަކުގައި ހިމެނެނީ ދަށްވެގެން އޯ-ލެވެލް ފާހެއް އޮތުމާއި، ކޮމްޕިއުޓަރަށް ފަރިތަވުމުގެ އިތުރުން ދިވެއްސާއި އިނގިރޭސިއަށް ފަރިތަވުން އަދި މުއާމަލާތް ކުރުމުގެ ހުނަރު ހުރުމެވެ.

މީގެއިތުރުން މުވައްޒަފުން ނެގުމުގައި އިސްކަން ދޭއިރު ޝިފްޓް ޑިއުޓީ ނެގޭނެ މީހުންނަށް އިސްކަން ދޭނެ އެވެ.

ވަޒީފާއަށް ނަގާ މުވައްޒަފުންނަށް މުސާރައަށް 9،000ރ. އަދި އޯވާޓައިމް ފައިސާގެ އިތުރުން ރިފްރެޝްމަންޓް ވައުޗަރު ލިބޭނެ އެވެ. އަދި ހޮސްޕިޓަލުގެ ޕޮލިސީއާ އެއްގޮތަށް މެޑިކަލް ބެނިފިޓްސް ވެސް ލިބޭނެ އެވެ.