Advertisement

އިސްލާމީ އުސޫލުތަކާ އެއްގޮތަށް އީދު ފާހަގަކުރަން ސަރުކާރުން އަންގައިފި

2 ޖޫން 2025 - 16:19 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން ރ. ރަސްގެތީމުގައި އީދު ފާހަގަކުރުމުގެ ގޮތުން ކުޅިވަރު ކުޅެނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އިސްލާމީ އުސޫލުތަކާ އެއްގޮތަށް އީދު ފާހަގަކުރަން ސަރުކާރުން އަންގައިފި

2 ޖޫން 2025 - 16:19 3

ކުރިއަށް އޮތް ބޮޑު އީދުގެ ކުޅިވަރުތައް ކުޅޭއިރު، އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެކަންކަން ކުރުމަށް ސަރުކާރުން އަންގައިފި އެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިސްލާމީ ހުދޫދުގެ ތެރޭގައި އީދު ފާހަގަކޮށް އެ ދުވަހުގެ އުފަލުގައި ދިވެހި ކުދިބޮޑު އެންމެން ބައިވެރިވުމަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެހެންކަމުން އީދު ފާހަގަކުރާއިރު، އިސްލާމީ އުސޫލުގެ ތެރޭގައި އެކަންކަން ކުރުމަށް ސަރުކާރުން އެދޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

"މި އަހަރުގެ އަލްހާ އީދު ފާހަގަ ކުރުމުގައި ވެސް އިސްލާމީ ތަރަހައިގެ ތެރޭގައި އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިވާ ގޮތުގެމަތިން ރާއްޖޭގެ ހުރިހާ ރައްޔިތުން އަމަލު ކުރެއްވުމަށް އިލްތިމާސް ކުރަމެވެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

މި އަހަރުގެ ބޮޑު އީދު ވަނީ މި ހަފުތާގެ ހުކުރު ދުވަހަށެވެ. ކޮންމެ އަހަރެއްގެ ވެސް ބޮޑު އީދު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުލަގަދަކޮށް ފާހަގަކުރެ އެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ނޫސްބަޔާނުގައި ވަނީ ރަށްރަށުގައި އީދު ފާހަގަކުރަނީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައިކަން ކަށަވަރު ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ވެސް އަންގައިފަ އެވެ.

"އަދި އީދު ފާހަގަކުރުމުގެ ކަންކަން ރާއްޖޭގެ ސިޓީތަކާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދަނީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައިކަން ކަށަވަރު ކުރެއްވުމަށް ދައުލަތުގެ ގުޅުންހުރި ހުރިހާ މުއައްސަސާތަކަށް ދަންނަވަމެވެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.