އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން ކޯޓާގެ ވަގު ވިޔަފާރި ކުރި ބިދޭސީއަކު ހައްޔަރުކޮށްފި

އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން ކޯޓާގެ ވަގު ވިޔަފާރި ކުރި ބިދޭސީއަކު ހައްޔަރުކޮށްފި

ރާއްޖެއަށް ބިދޭސީން ގެނައުމުގައި ގާނޫނީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ކުށް ކޮށްގެން ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ރައްޔިތެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ޝަހާދަތު ހުސައިން ނަމަކަށް ކިޔާ މީހެކެވެ. މިވަގުތު ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ޝަހާދަތުގެ ފޯނާއި އިލެކްޓްރޯނިކް ސާމާނު ވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފަ އެވެ.

"ޝަހާދަތު ހުސައިންގެ މި މަސައްކަތްތަކުގެ ފަހަތުގައި މޯލްޑިވްސް އިމިގްރޭޝަންގައި މަސައްކަތް ކުރާ ބަޔަކާއި، ދިވެހިންގެ އާންމު އެތައް ބަޔަކު ޝަހާދަތު ހުސައިންއާ ގުޅިގެން ކުންފުނިތަކުގެ ކޯޓާ ނަގައި، ބިދޭސީން އެތެރެކޮށް، އެ ބިދޭސީންނަށް ވަޒީފާއެއް ނުދީ، މާލެ ތެރެއަށް ދޫކޮށްލައި އޯޕަން ކޯޓާގެ ނަމުގައި މާލީ މަންފާ ހޯދާ ކަމަށް ބެލެވޭ،" ފުލުހުން ހާމަކޮށްފައިވެ އެވެ.

އޭނާއަކީ 2014 ވަނަ އަހަރުން ފެށިގެން ޖުމުލަ ހަތަރު ވޯކް ޕާމިޓެއްގައި ރާއްޖޭގައި އުޅެމުންދިޔަ މީހެއްކަން ތަހުގީގަށް ވަނީ ހޯދިފަ އެވެ. އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ހަ އެކައުންޓް ހުޅުވާފައިވާއިރު އޭގެ ތެރޭގައި ތިން ޑޮލަރު އެކައުންޓް ހިމެނެ އެވެ. އޮކްޓޯބަރު 2019 އިން ފެށިގެން އޭނާގެ އެކައުންޓުތަކުން އަށް މިލިއަން ދިވެހި ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ތަހުގީގަށް ވަނީ އެނގިފަ އެވެ.

"ޝަހާދަތު ހުސައިން ގެންގުޅޭ ފޯނާއި ލެޕްޓޮޕްގައި އެކު ކުންފުނިތަކުގެ ރަޖިސްޓްރީ އާއި، ލޯގޯ، ސްޓޭމްޕް، އެކި މީހުންގެ ސޮއެ ބިދޭސީން ހިމެނޭ ގޮތަށް، އަދި ވޯކް ޕާމިޓް ކޯޓާ ނެގުމަށް ބޭނުންވާ ޑޮކިއުމެންޓްސް، ބިދޭސީންގެ ޕާސްޕޯޓް ކޮޕީ، އަދި ބައެއް ދިވެހިންގެ އައިޑީ ކާޑު ފޮޓޯ ފެނިފައިވޭ،" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ހާމަކުރި އެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ ނަމުގައި 103 އެކައުންޓް އޭނާ އެކްސްޕެޓް ސިސްޓަމަށް ލޮގިން ވުމަށް ބޭނުންކުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި 283 ކުންފުންޏެއްގެ ނަމުގައި ޕާސްވޯޑާއި އައިޑީ ހޯދިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މި މައްސަލާގައި ހިމެނޭ އިމިގްރޭޝަން މުވައްޒަފުންގެ ބަޔާއި އާންމުންގެ ބައި ވަކިން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. އެކަމުގެ އިތުރު ތަފްސީލެއް މިއަދު ފުލުހުން ހާމަނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެފްޕީއޭ މުވައްޒަފުންނަށް ލޯންޗިން ޖަލްސާއަށް ދާން އަންގައިފި

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައި، ސަރުކާރުން ބާއްވާ "އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ހުރިހާ މުވައްޒަފުން ދިއުމަށް އެ އޮތޯރިޓީން ވަނީ އަންގާފައި.

އެއްވުމުގައި ބައިވެރިވާން އެމްޑީޕީން ގޮވާލައިފި

ރަސްމާލެއިން ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅަށް، އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮވާލައި މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުމުގައި ބައިވެރިވުމަށް އެމްޑީޕީން ވަނީ ގޮވާލާފައި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން އިންތިޒާމުކުރާ މި އެއްވުމުގައި އެމްޑީޕީގެ އިތުރުން ޕީއެންއެފް އިން ވެސް ބައިވެރިވޭ.

ރަސްމާލެ ޑީލު މަޑު ޖައްސާލަން ގޮވާލައި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދިނުމާ ދެކޮޅަށް "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން އީގަލް ހިލްސްގެ ވެރިޔާއަށް ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައި، އެ މަޝްރޫއު މަޑުޖައްސާލުމަށް ވަނީ ގޮވާލާފައި. މި ސިޓީގައި ބިން ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ބާރުއަޅާފައިވޭ.

ކެފޭއެއް ތެރޭގައި ބަޔަކު ހިފެހެއްޓި މީހަކު ހައްޔަރުކޮށްފި

ކެފޭއެއްގެ ތެރޭގައި ބަޔަކަށް ބިރުދައްކައި، ތިން ގަޑިއިރު ވަންދެން ހިފެހެއްޓި މައްސަލައެއްގައި 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 20 ދުވަސް ވަނީ ޖަހާފައި. އެ މީހާގެ މައްޗަށް މާރާމާރީ ހިންގުމާއި، ބިރުދެއްކުމާއި، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ތުހުމަތު ކުރޭ.

ބަނގުރާގެ މައްސަލައެއްގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ ބޭނުންކުރި މައްސަލައެއްގައި 19 އަހަރުގެ ސިފައިންގެ މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފައި. މި މައްސަލައާ ގުޅިގެން އެމްއެންޑީއެފް އިން އަދި ވަކި އެއްޗެއް ބުނެފައިނުވާއިރު، ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން ކުށްތަކަށް އަރައިގަންނަ މައްސަލަ ވަނީ އިތުރުވެފައި.

މިސްކިތެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް

މީގެ ކުރިންވެސް މިސްކިތްތަކުގެ ހުރުމަތް ކެނޑުމުގެ ގިނަ މައްސަލަތަކެއްގައި ހައްޔަރުކޮށްފައިވާ ނައުޝާދު މިފަހަރު ހައްޔަރުކުރީ، ޖަލު ހުކުމެއް ތަންފީޒުކޮށް ނިމިގެން މިމަހުގެ 4 ވަނަ ދުވަހު މިނިވަންވެފައި ވަނިކޮށެވެ.

އިހުތިރާމު ޖަލްސާއަށް ދާން ވެމްކޯ މުވައްޒަފުންނަށް މަޖުބޫރުކޮށްފި

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ނުދީ، "އިހުތިރާމު" ކެމްޕޭން ލޯންޗުކުރުމުގެ ޖަލްސާއަށް ދާން އެ ކުންފުނީގެ މެނޭޖުމަންޓުން މަޖުބޫރު ކުރަމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. މި ޖަލްސާގައި ބައިވެރިވުމަށް ވެމްކޯގެ އިތުރުން އެހެން ސަރުކާރު ކުންފުނިތަކާއި ސިވިލް ސާވިސް މުވައްޒަފުންނަށް ވެސް ސަރުކާރުން ދަނީ އަންގަމުންނެވެ.

Newsletter

Get the latest news delivered straight to your inbox