ފުލުހުންގެ ބަޔާންތަކަށް ބެލުމަށްފަހު ޝިމަން އާއި މަހުޒޫމް ތިން ދުވަހަށް ބަންދު ކުރަން އަމުރުކޮށްފި

ޝިމަން އާއި މަހުޒޫމް މުއްދަތު މަޖިލީހުގައި؛ އެ ދެމީހުން ހައްޔަރު ކޮށްފައި ވަނީ ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްގެން ކަމަށް އެ ސަރަހައްދުގައި ތިބި މީހުން ބުނި -- ފޮޓޯ: ވީޑިއޯ ސްނެޕްޝޮޓް

ޝިމަން އާއި މަހުޒޫމް މުއްދަތު މަޖިލީހުގައި؛ އެ ދެމީހުން ހައްޔަރު ކޮށްފައި ވަނީ ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްގެން ކަމަށް އެ ސަރަހައްދުގައި ތިބި މީހުން ބުނި -- ފޮޓޯ: ވީޑިއޯ ސްނެޕްޝޮޓް

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޒުވާނާއަށް އިންސާފު ހޯދައިދޭން ސިލްސިލާކޮށް ކުރަމުންދިޔަ ސުލްހަވެރި މުޒާހަރާއިން ރޭ ހައްޔަރު ކުރި އައިޝަތު ޝިމަން އަހުމަަދާއި އަބްދުﷲ މަހްޒޫމް މާޖިދު ތިން ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މިއަދު އޮތް މުއްދަތު މަޖިލީހުގައި ފުލުހުންގެ ފަރާތުން އެދުނީ އެ ދެމީހުން 15 ދުވަހަށް ބަންދުކޮށްދިނުމަށެވެ. ޝިމަން އާއި މަހުޒޫމްގެ މައްޗަށް ވެސް ފުލުހުން ކުރަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ތުހުމަތެވެ. އޭގެއިތުރުން ފުލުހަކަށް ހަމަލާ ދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތު ވެސް މަހުޒޫމްގެ މައްޗަށް ފުލުހުން ކުރެ އެވެ.

ނަމަވެސް އެކަން ސާބިތު ކޮށްދިނުމަށް ފުލުހުން އެއްވެސް ވީޑިއޯ ހެއްކެއް ހުށަހަޅައިފައެއް ނުވެ އެވެ. ހެކީގެ ގޮތުގައި ފުލުހުން ހުށަހެޅީ ހަމައެކަނި ފުލުހުންގެ ބަޔާންތަކެވެ. އެ ދެ މީހުން ބަންދު ކުރަން ގާޒީ އިބްރާހިމް ޒިހުނީ ނިންމެވީ ފުލުހުންގެ ބަޔާނަށް އެކަނި ބެލުމަށްފަހު އެވެ.

"ފުލުހުން އެ ވަގުތު ދަމާފައި ހުރި ލައިނު ފަޅާލާފައި އެތަނުން ދާން އުޅުމުން [ޝިމަން ހައްޔަރު ކުރެެވިފައި ވަނީ]،" އެ މައްސަލަ ބަލާ ފުލުުހުންގެ އައިއޯ ކޯޓުގައި ބުންޏެވެ.

ޝިމަން އާއި މަހުޒޫމް ތިން ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރު ކުރީ ފުލުހުން ހުށަހެޅި ބަޔާންތަކުން ކުށެއްގެ ތުހުމަތު އުފެދޭ ކަމަށް ބުނެ އެވެ.

މުއްދަތު މަޖިލީހުގައި ވަކާލާތު ކުރައްވަމުން، ޝިމަންގެ ގާނޫނީ ވަކީލު، އައިޝަތު ޝީނާ މުހައްމަދު ވިދާޅުވީ ފުލުހުން ހައްޔަރު ކުރަން އުޅުމުން ޝިމަން ދެކޮޅު ހަދާފައި ނުވާ ކަމަށާއި ފެންނަން ހުރި ވީޑިއޯތަކުން ވެސް އެކަން ސާފުވާ ކަމަށެވެ.

"[ފުލުހުން] ހައްޔަރު ކުރަން އުޅުމުން ޝިމަން ދެކޮޅެއް ނުހަދާ. އެކަމަކު ފުލުހުން ވަނީ ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައި، ފުލުހުން އެއްވެސް ވީޑިއޯ ހެއްކެއް ހުށަހަޅާފައެއް ނުވޭ، އެއީ ވީޑިއޯތަކުން ވެސް އެބަ ދައްކާ ފުލުހުން ތުހުމަތު ކުރާ ފަދަ ކަމެއް ޝިމަން ނުކުރާކަން،" ޝިމަންގެ ގާނޫނީ ވަކީލު، ޝީނާ ވިދާޅުވި އެވެ.

ޝިމަން އާއި މަހްޒޫމް ހައްޔަރު ކުރީ ސީދާ އެ ދެ މީހުންނަށް ޓާގެޓުކޮށްގެން ކަމަށް ވެސް ދިފާއީ ވަކީލު ވިދާޅުވި އެެވެ.

"ހައްޔަރު ކުރަން ނުޖެހޭ ބަޔަކު، ޓާގެޓު ކުރުމަށްފަހު، އެމީހުންގެ މައްޗަށް އަރައިގަނެ، ހައްޔަރު ކުރީ،" ޝީނާ ވިދާޅުވި އެވެ.

މަހުޒޫމްގެ ކޮނޑަށްވެފައި ހުރި އަނިޔާގެ ސަބަބުން އާމް ސްލިންގެއް އަޅަން ޑޮކްޓަރު އަންގާފައިވީ ނަމަވެސް އާމްސްލިންގެއް ފުލުހުން ފޯރު ކޮށްދީފައި ނުވާ ކަމަށް ވެސް މުނާ ވިދާޅުވި އެވެ.

ޝިމަން، 19، އާއި މަހްޒޫމް، 28، ހައްޔަރު ކުރީ ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުން ދަނިކޮށް މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރެއް ވެސް ނުދީ އެވެ. މުޒާހަރާ ރޫޅާލި ހަމައެކަނި ސަބަބަކީ މަގުމަތީ މުޒާހަރާ ކުރުމުން ވިޔަފާރިތަކަށް ދަތިވުމާއި އޯލެވެލް ޓެސްޓު ހަދާ ކުދިންނަށް މުޒާހަރާގެ ސަބަބުން އުނދަގޫވުން ކަމަށް ފުލުހުން ބުންޏެވެ.

މުޒާހަރާގެ ތެރެއިން އެ ދެމީހުން ހައްޔަރު ކުރީ ހާލަތާ ނުބައްދަލު ބާރު ބޭނުން ކޮށްގެން ކަމަށް އެ ވަގުތު އެ ސަރަހައްދުގައި ތިބި މީހުން ބުންޏެވެ. ހައްޔަރު ކުރުމަށް ފުލުހުން އަމަލު ކުރި ގޮތުން އެ ދެމީހުންނަށް ވެސް ހުރީ އަނިޔާތަކެއް ލިބިފަ އެވެ.

އެގޮތުން މަހުޒޫމްގެ ކޮނޑަށް ވަރަށް ބޮޑަށް ތަދުވެ، އަނިޔާވެފައިވާއިރު، ޝިމަންގެ އަތް ހުރީ ދުޅަވެފައި ކަމަށް އެ ދެމީހުންގެ ގާނޫނީ ވަކީލުން އަދަދު އަށް މައުލޫމާތު ދެއްވި އެވެ.

ޝިމަން އާއި މަހުޒޫމް ހައްޔަރު ކުރުމާއި މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެގަނެ އަމަލު ކުރި ގޮތް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިތުރުން ސިޔާސީ ބައެއް ބޭބޭފުޅުން ވެސް ވަނީ ކުށްްވެރިކޮށްފަ އެވެ. އޭގެތެރޭގައި ކުރީގެ ރައީސް، މުހައްމަދު ނަޝީދު އާއި އިބްރާހިމް މުހައްމަަދު ސޯލިހު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ އިތުރުން އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދު ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓުއާ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް އުވާލަން ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށާއި، ޖީއެސްޓީ ނަގަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުތަކުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިން.

ހަރަދުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އަދާލަތު ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ހަރަދުތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި. މި ފިޔަވަޅު އެޅީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގު ކަށަވަރުކުރެވޭނެ ލިޔެކިޔުންތައް ނެތްކަން ފާހަގަކޮށްފައިވާތީ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިސޯޓުތަކުގައި ދީނުގެ ހުރުމަތް ކެނޑިގެން ނުވާނެ: އަދާލަތު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މަހިބަދޫ ބްރާންޗުން 11 މުވައްޒަފަކު ވަކިކޮށްފި

އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ވަޒީފާގެ ޔަގީންކަން ދީފައިވަނިކޮށް 11 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައި. ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނިންމުމެއް ކަމަށާއި، ވަޒީފާގައި ބޭތިއްބީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުން.

ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

ސޯޝަލްމީޑިއާގައި ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ

މިއީ އިންޓަނެޓު މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox