Advertisement

މަމީޕޮކޯ: ދިވެހިންގެ އިތުބާރު ވެސް ހޯދާފައިވާ ނެޕީއެއް


މަމީޕޮކޯ: ދިވެހިންގެ އިތުބާރު ވެސް ހޯދާފައިވާ ނެޕީއެއް

މަގުބޫލް ނެޕީ ބްރޭންޑު، މަމީޕޮކޯއިން މައިން ބަފައިންނަށް އަދި ތުއްތު ކުއްޖާއަށް ދޭ ޔަގީން ކަމަކީ ފަސޭހަ ކަމާއި ރައްކާތެރިކަމެވެ. ޖަޕާނުގެ ޔުނިޗާމް ކޯޕަރޭޝަންގެ އެ އުފެއްދުމަކީ އޭޝިއާގެ އެންމެ މަގުބޫލު ތުއްތު ކުދިންގެ ނެޕީ އެވެ.

އެ ކާމިޔާބީގެ މައިގަނޑު ސިއްރަކީ ނެޕީގެ ފަސޭހަ ކަމާއި ރައްކާތެރިކަމުގެ އިތުރުން ފެންވަރާ މެދު އޮތް އިތުބާރެވެ.

ވީބީ ބްރަދާސްއިން ރާއްޖެއަށް އެތެރެކޮށް ވިއްކާ މަމީޕޮކޯ ނެޕީ ފޯވުމާއި ލީކްވުން ދުރެވެ. ތުއްތު ކުއްޖާގެ ނާޒުކު ހަމަށް ގެއްލުމެއް ނުލިބެ އެވެ. އެހެންވެ، ކުދިންނާއި މައިންނަށް ރޭގަނޑު ހަރާބު ނުވެ، ނިދާލުމުގެ ފުރުސަތު ލިބެ އެވެ.

ނިއުބޯންއިން ފެށިގެން އެކްސްޓްރާ ލާޖުއާ ހަމައަށް ސައިޒުތައް ލިބޭ މި ނެޕީ، ވީބީގެ އިތުރުން ރާއްޖޭގެ ގިނަ ފިހާރަތަކުން ލިބެ އެވެ.

"މިއީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލް ނެޕީއެއް. މައިންގެ އިތުބާރު ލިބިފައިވާ އަދި ތުއްތު ކުދިންގެ ހަމަށް ބަދަލެއް ނައިސް، ލީކް ނުވެ ގިނަ ވަގުތު ހުންނާނެ ފެންވަރު ރަނގަޅު ނެޕީއެއް،" ވީބީ މާޓުގެ މެނޭޖަރު ބުންޏެވެ.

މި އުފެއްދުމުގެ ފެންވަރު ރަނގަޅު ވުމުގެ ސަބަބުން އެއް ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާގައި އެންމެ މަގުބޫލު ނެޕީއަކަށް ވަނީ ވެފަ އެވެ.

އިންޑިއާ، އަދި ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ސްރީ ލަންކާ އަދި ބަންގްލަދޭޝްގައި ވެސް މި މަރުކާގެ މަގުބޫލުކަން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

ލިބޭ ބައެއް ފައިދާ

  • ފޯވެގެން ލީކުވުން ދުރު ނެޕީއެއް
  • ގިނަ ވަގުތު ކުޑަ ދަރިފުޅަށް އަރާމުގައި އުޅެވޭ
  • ރޭގަނޑު އަރާމު ނިދި ހަލާކު ވުމުން ދުރު
  • ނާޒުކު ހަމަށް ގެއްލުމެއް ނުލިބޭ
  • ހަންގަނޑު ރަތްވުމުން ދުރުކޮށްދޭ