Advertisement

އެސްއޯއީތަކުގެ މަތީ މަގާމުތަކަށް ދަށް ފަންތީގެ މީހުންނަށް އާދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި

21 އޭޕްރީލް 2025 - 17:28 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި ހުންނަ ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ އޮފީސް؛ އެ ބޯޑަކީ ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏެއްގެ ބެލެނިވެރި ފަރާތް -- ފޮޓޯ: އަދަދު ފައިލް


އެސްއޯއީތަކުގެ މަތީ މަގާމުތަކަށް ދަށް ފަންތީގެ މީހުންނަށް އާދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި

21 އޭޕްރީލް 2025 - 17:28 1

ސަަރުކާރުގެ ބައެއް ކުންފުނިތަކުގެ މަތީ މަގާމުތަކަށް ދަށް ފަންތީގެ މީހުންނަށް އާދެވޭ ގޮތަށް ޕްރައިވަޓައިޒޭޝަން ބޯޑުގެ އުސޫލުން ބަދަލުކޮށްފި އެވެ.

މީގެ ކުރިން އަމަލު ކުރަމުން އައި އުސޫލުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޗީފް ފައިނޭންޝަލް އޮފިސަރުންނަށާއި ޗީފް އިންޓާނަލް އޮޑިޓަރުންގެ މަގާމަށް އާދެވޭނީ އިންޓަނޭޝަލް ފެޑަރޭޝަން އޮފް އެކައުންޓެންޓްސް (އައިފެކް) އިން ގަބޫލު ކުރާ އެކައުންޓިން ބޮޑީއެއްގެ މެންބަރަކަށެވެ.

ނަމަވެސް މިއަދު އެ ބޯޑުން އާންމުކުރި އުސޫލުގައި ވާގޮތުން އައިފެކް އިން ގަބޫލުކުރާ އެކައުންޓިން ބޮޑީއެއްގެ މެންބަރުން ނޫން މީހުންނަށް ވެސް ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ސީއެފްއޯއިންނާއި ސީއައިއޭއިންގެ މަގާމަށް އާދެވެ އެވެ.

އައިފެކް އަކީ އެކައުންޓްސް ދާއިރާގެ ބައިނަލްއަގުވާމީ އޯގަނައިޒޭޝަން އެވެ. އެ އޯގަނައިޒޭޝަނުގެ މެންބަރުންނަކީ ވަކި އުސޫލުތަކަކާއި ހަމަތަކެއް ހިފަހައްޓަންޖެހޭ ބައެކެވެ. އުސޫލުތަކާއި ހަމަތަކުން ބޭރުވެއްޖެ ނަމަ އައިފެކްއިން ގަބޫލު ކުރާ އެކައުންޓިން ބޮޑީއެއްގެ މެންބަރުކަމުގައި އެމީހަކަށް ނުހުރެވޭނެ އެވެ.

އެހެންކަމުން މީގެ ކުރިން އަމަލު ކުރަމުން އައި އުސޫލުގައި އޮތް ގޮތުން ނުރަނގަޅު މާޒީއެއް އޮތް އެއްވެސް މީހަކަށް ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ސީއެފްއޯ ކަމަށް ނުވަތަ ސީއައިއޭ ކަމަށް ނާދެވޭނެ އެވެ.

މިއަދު އާންމުކުރި އުސޫލުގައި ދަށް ފަންތީގެ މީހުންނަށް ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއެފްއޯއިންނާއި ސީއައިއޭއިންގެ މަގާމަށް އާދެވޭ ގޮތަށް ބަދަލު ކޮށްފައި ވަނީ ވީހައިވެސް ގިނަ ބަޔަކަށް އެ މަގާމުތަކަށް ކުރިމަތިލެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ކަމަށް ޕީސީބީން ބުނެފައިވެ އެވެ.

ޕީސީބީން ބުނެފައި ވަނީ އެ ބަދަލު ގެނައީ އެ މަގާމުތަކަށް މީހުން ހޯދުމަށް ދަތިތަކެއް ކުރިމަތި ވާތީ ކަމަށެވެ.

މިއަދު އާންމުކުރި އުސޫލު ހިނގާނީ:

  • ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުނިތަކަށް
  • ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ލިސްޓެޑް ކުންފުނިތަކަށް
  • ސަރުކާރު މެޖޯރިޓީ ހިއްސާވާ ކުންފުނިތަކަށް
  • ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ލިސްޓު ނުކުރާ ކުންފުނިތަކަށް