Advertisement

ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްގީކުރަން ދެވޭ ގޮތަށް ގާނޫނު ބަދަލުކުރަން ފާސްކޮށްފި

3 ޑިސެންބަރު 2025 - 11:33 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރާއްޖޭގެ ރިސޯޓެއް: ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްގީކުރަން ދެވޭ ގޮތަށް ގާނޫނު ބަދަލުކުރަން މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ ---- ފޮޓޯ: އަދަދު


ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްގީކުރަން ދެވޭ ގޮތަށް ގާނޫނު ބަދަލުކުރަން ފާސްކޮށްފި

3 ޑިސެންބަރު 2025 - 11:33 0

އުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރިސޯޓު ހަދަން ދެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް މި ބިލު ފާސްކުރަން ވޯޓު ދެއްވި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު ސިނާން އެވެ.

މި އިސްލާހުގައި ވާގޮތުން ޓޫރިސްޓު ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށެއް ނުވަތަ ބިން ނުވަތަ ފަޅު ސަރުކާރަށް ދޫކުރެވޭނެ އެވެ.

ރިސޯޓެއް ހަދަން ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ފަޅެއް ދޫކުރެވޭނީ އެ ތަނެއް އެ ކުންފުންޏަކަށް ދޫކުރުމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.

ރިސޯޓެއް ތަރައްގީ ކުރުމަށް ފަޅެއް ނުވަތަ ރަށެއް ދައުލަތުގެ ކުންފުންޏަކަށް ދޫކުރެވޭނީ، އެ ކުންފުންޏަކީ ރިސޯޓެއް ތަރައްގީ ކުރުމުގެ މާލީ އަދި ފަންނީ ގާބިލުކަން ހުރި ކުންފުންޏެއްކަން ޔަގީން ކުރުމަށްފަހުު ސަރުކާރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

އެގޮތަށް ދޫކުރާ އެއްވެސް ތަނެއް، އެ ކުންފުންޏަކަށް ދޫކުރުމަށްޓަކައި ވެވޭ އެގްރީމެންޓުގެ ދަށުން ލިބޭ ހައްގުތައް އެހެން އެއްވެސް ފަރާތަކަށް ބަދަލުކޮށް ނުވަތަ ކުއްޔަށްދީ، ސަބްލީސް ނުކުރެވޭނެ ކަމަށް އެ ބިލުގައި ބަޔާން ކޮށްފައިވެ އެވެ.

ރިސޯޓު ތަރައްގީ ކުރުމަށް ރަށެއް ނުވަތަ ފަޅެއް ދޫކުރާއިރު، އެ ތަނަކަށް ދައްކަންޖެހޭ އެކުއިޒިޝަން ފީ ސަރުކާރަށް ދައްކަން ޖެހޭނީ އެ ތަނަކާ ހަވާލުވާ ކުންފުންޏަކުންނެވެ. އެ ފީގެ އިތުރުން ވެސް މިނިސްޓްރީން ކަނޑައަޅާ އަދަދެއްގެ ފައިސާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ގޮތުގައި ޓޫރިޒަމް ޓްރަސްޓު ފަންޑަށް ޖަމާކުރުމަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަރައްގީގެ މަޝްރޫއުއަކަށް ހަރަދުކުރުމަށް މިނިސްޓްރީއަށް ޝަރުތު ކުރެވިދާނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

އެ އިސްލާހުގައި ވާގޮތުން ރިސޯޓު ތަރައްގީ ކުރުމަށް ރަށްރަށާއި ފަޅުތަކާއި ބިން ހަވާލުކުރެވޭނީ މަދުވެގެން ސަރުކާރުގެ 45 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށެވެ. އަދި އެގޮތަށް ރިސޯޓެއް ތަރައްގީ ކުރުމަށް ދައުލަތުގެ ކުންފުންޏަކާ ހަވާލު ކުރުމަށްފަހު، އެކަމާ ބެހޭ ތަފުސީލީ މައުލޫމާތު އޮޑިޓާ ޖެނެރަލްގެ އޮފީހާ ހިއްސާ ކުރަން އެ ބިލުގައި ލާޒިމު ކޮށްފައިވެ އެވެ.