Advertisement

ބްރެޒިލްގެ މަޝްހޫރު ހަވައިނާސް ބްރޭންޑުގެ ފުރަތަމަ އައުޓްލެޓް މާލޭގައި ހުޅުވައިފި

20 އޭޕްރީލް 2025 - 23:12 4

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބްރެޒިލްގެ މަޝްހޫރު ހަވައިނާސް އިން ރާއްޖޭގައި ހުޅުވާ ފުރަތަމަ އައުޓްލެޓް މާލޭގައި ހުޅުވުން: އައުޓްލެޓް ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު -- ފޮޓޯ: އިކޮނޮމިކް މިނިސްޓަރު


ބްރެޒިލްގެ މަޝްހޫރު ހަވައިނާސް ބްރޭންޑުގެ ފުރަތަމަ އައުޓްލެޓް މާލޭގައި ހުޅުވައިފި

20 އޭޕްރީލް 2025 - 23:12 4

ބްރެޒިލްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ހަވައިނާސްގެ ފުރަތަމަ އައުޓްލެޓް މާލޭގައި މިރޭ ހުޅުވައިފި އެވެ.

ހަވައިނާސް އިން ރާއްޖޭގައި ވިއްކާ އުފެއްދުންތަކުގެ ތެރޭގައި ފިރިހެނުންނާއި، އަންހެނުން އަދި ކުޑަކުދިންގެ ފެންވަރު ރަނގަޅު ފްލިޕް ފްލޮޕް ފައިވާން އަދި ދަބަސް ހިމެނެ އެވެ.

ހަވައިނާސް ރާއްޖޭގައި އޮޕަރޭޓް ކުރަމުން ދަނީ ޕްރޮވިޑެންސް ޕްރައިވެޓް ލިމިޓެޑް އަދި ބްރެޒިލްގެ ކުންފުންޏެއް ކަމަށްވާ އަލްޕަރްގަޓަސް އާއި އެކު ހަދާފައިވާ ޕާޓްނާޝިޕެއްގެ ދަށުންނެވެ.

ޕްރޮވިޑެންސްގެ ޑިރެކްޓަރު މުހައްމަދު ހާނީ ވިދާޅުވީ ރާއްޖޭގައި ހުޅުވި ހަވައިނާސް ފިހާރައަށް ސީދާ ބްރެޒިލް އިން އިމްޕޯޓްކުރާ އުފެއްދުންތަކުގެ އަގު އެހެން ގައުމުތަކުގެ އަގުތަކަށްވުރެ ހެޔޮވާނެ ކަމަށެވެ.

"ކޮންމެ ފައިވާން ޕެއާއެއް ވެސް އުފައްދާފައި މިވަނީ ބްރެޒިލް އިން. ތަފާތަކީ ޑިޒައިން ކުރުމުގެ އިތުރުން މެނުފެކްޗާ ވެސް ބްރެޒިލް އިން ކުރުން. އަޅުގަނޑުމެން އިމްޕޯޓް މިކުރަނީ ސީދާ ބްރެޒިލް އިން. ރާއްޖޭގައި ހުޅުވި ފިހާރައިން ގްލޯބަލީ ހުރި އަގަށްވުރެ އަގުހެޔޮކޮށް އުފެއްދުންތައް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ހާނީ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ހަވައިނާސްގެ އުފެއްދުންތައް ރާއްޖޭގެ އެކި ރަށްތަކަށް އަދި ރިސޯޓުތަކަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، ހޯލްސޭލްކޮށް ވެސް ވިއްކޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

ބްރެޒިލްގައި 1962 ގައި ވުޖޫދަށް އައި ހަވައިނާސްގެ 1,000 އަށްވުރެ ގިނަ އައުޓްލެޓް، ދުނިޔޭގެ ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުގައި ހުރެ އެވެ.