Advertisement

ބްރެޒިލްގައި "އެކްސް" ބޭނުން ކުރުމުގެ ހުއްދަ އަލުން ދީފި

9 އޮކްޓޯބަރު 2024 - 12:03 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ބްރެޒިލްގައި "އެކްސް" ބޭނުން ކުރުމުގެ ހުއްދަ އަލުން ދީފި

9 އޮކްޓޯބަރު 2024 - 12:03 0

ބްރެޒިލްގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ބޭނުން ކުރުމުގެ ހުއްދަ އަލުން ދޭން އެ ގައުމުގެ ސުޕްރީމް ކޯޓުން އަންގައިފި އެވެ.

ބްރެޒިލްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެލެގްޒެންޑާ ޑީ މޮއަރޭޒް ވިދާޅުވީ އެކްސްއިން އެ ގައުމަށް ދައްކަން ޖެހޭ 5.2 މިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކާފައިވާތީ، އެ ޕްލެޓްފޯމް އަލުން ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން ކޮމިއުނިކޭޝަން އޮތޯރިޓީ އަށް އެންގީ 24 ގަޑިއިރު ތެރޭގައި އަލުން އެކްސް ޕްލެޓްފޯމް ބޭނުން ކުރަން ފެށޭނެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ.

އެ އެންގުމާއެކު މިހާރު ބްރެޒިލްގައި އެކްސް ބޭނުން ކުރެވެ އެވެ.

ބްރެޒިލްގައި އެކްސް މަނާކުރީ އެ ޕްލެޓްފޯމުގައި އެ ގައުމާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފަތުރަމުންދާތީ، އެކަން ހުއްޓުވަން އެންގުމުން ވެސް އެކަމަށް އަމަލު ނުކުރުމުންނެވެ.

ބްރެޒިލްއިން ބުނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮތަސް، ދޮގު މައުލޫމާތު ފެތުރެން އެކްސްއިން ފުރުސަތު ދީގެން ނުވާނެ ކަމަށާއި އެކަން އެ ގައުމުން ބަލައި ނުގަންނާނެ ކަމަށެވެ.

ބްރެޒިލްގައި އެކްސްގެ 22 މިލިއަނެއްހާ ޔޫޒާސް އުޅެ އެވެ.