16 އޭޕްރީލް 2025 - 04:43 0
ލީވާން އަލީ ނާސިރު
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޓީޓީއެޗް ކްލިނިކު: އެ ކްލިނިކުގައި ޓެލެމެޑިސިން ކޮންސަލްޓޭޝަން ހިދުމަތް ވަނީ ތައާފުކޮށްފައި
16 އޭޕްރީލް 2025 - 04:43 0
ޓްރީ ޓޮޕް ހޮސްޕިޓަލުން މާލޭގައި ހިންގާ ޓީޓީއެޗް ކްލިނިކުގެ ހިދުމަތް ފުޅާކުރުމަށް އެ ކްލިނިކުގައި ޓެލެމެޑިސިން ކޮންސަލްޓޭޝަން ހިދުމަތް އިއްޔެ ތައާރަފުކޮށްފި އެވެ.
ޓްރީ ޓޮޕުން ބުނީ ޓެލެމެޑިސިން ހިދުމަތް ފެށީ ފެމިލީ މެޑިސިން ހިދުމަތް ފަސޭހައިން ލިބޭނެގޮތް ހަދައިދީ، ގިނަ ބަޔަކަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އެ ހިދުމަތުގެ ސަބަބުން ބަލިމީހުންނަށް ބޯޑު-ސެޓިފައިޑް ފެމިލީ މެޑިސިން ސްޕެޝަލިސްޓުންނާ ރައްކާތެރި އަދި ފަސޭހަ ވާޗުއަލް ޕްލެޓްފޯމްތަކުން މަޝްވަރާ ކުރެވޭނެ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.
އެ ޕްލެޓްފޯމް މެދުވެރިކޮށް ދޭ ހުރިހާ ހިދުމަތެއް ވެސް ޓްރީ ޓޮޕްގެ މައިޓީޓީއެޗް އެޕް މެދުވެރިކޮށް ލިބޭއިރު، އެ އެޕް މެދުވެރިކޮށް އޮންލައިން ކޮންސަލްޓޭޝަންތަކާއި ވީޑިއޯ ކޯލްތައް ފަސޭހަކަމާ އެކު ކުރެވެ އެވެ.
ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ބަލިމީހުންނަށް ހިދުމަތް ދިނުމަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ އެ ހިދުމަތުން، ވަކިން ހާއްސަކޮށް ދުރުގައި އޮތް ރަށްރަށަށް ފައިދާވާނެ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.
ޓްރީ ޓޮޕުން ބުނީ ވާޗުއަލްކޮށް ހިދުމަތް ދިނުމުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަތީ ފެންވަރުގެ ކްލިނިކަލް މިންގަނޑުތައް ދެމެހެއްޓޭނެ ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން އަންނަނީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކޮށް، އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއި އެކު، ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ސިއްހީ ދާއިރާގައި އެކި ނަން މަޝްހޫރު ދާއިރާތަކުން ހާއްސްވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމަކީ ޓްރީ ޓޮޕްގެ އަމާޒެވެ.
ޓްރީ ޓޮޕުން ދޭ ހިދުމަތްތަކުގެ މައުލޫމާތު ހޯދުމަށް 3351630 އަށް ގުޅައި ނުވަތަ care@treetophospital.com އަށް އީމެއިލް ކުރުމަށް ވަނީ އެދިފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment