Advertisement

ޓްރީ ޓޮޕުން އެމްއާރުއައި ހިދުމަތް ހިލޭ ދިނުމުގެ ކެމްޕޭނެއް ފަށައިފި

12 ނޮވެންބަރު 2025 - 14:00 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޓްރީ ޓޮޕުން އެމްއާރުއައި ހިދުމަތް ހިލޭ ދިނުމުގެ ކެމްޕޭނެއް ފަށައިފި

12 ނޮވެންބަރު 2025 - 14:00 0

ޓްރީ ޓޮޕް ހޮސްޕިޓަލުން މެގްނެޓިކް ރިޒޮނަންސް އިމޭޖިން (އެމްއާރުއައި) ހިދުމަތް ހިލޭ ދިނުމުގެ ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

މާލީ ހުރަސްތައް ނައްތާލައި، ބަލި ދެނެގަތުމުގެ މުހިންމު ހިދުމަތްތައް އާންމުންނަށް ފަހިކުރުމުގެ މަގުސަދުގައި ޓްރީ ޓޮޕުން ދިވެހިންނަށް އަމާޒުކޮށްގެން އެމްއާރްއައި ކެމްޕެއިން ކުރިއަށްގެންދަނީ ނޮވެމްބަރު 9، އިން ޑިސެމްބަރު 31، ގެ ނިޔަލަށެވެ.

"މި ކެމްޕޭންގެ ދަށުން އެމްއާރްއައިގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޝުއަރެންސް ހަރަދުގެ އިތުރުން އަމިއްލަ ޖީބުން އިތުރު ހަރަދެއް ކުރާކަށް ނުޖެހޭ،" ޓްރީ ޓޮޕުން ބުންޏެވެ.

ޓްރީ ޓޮޕުން ބުނީ އެ ހޮސްޕިޓަލުން އުންމީދުކުރަނި މި ފަދަ މުހިންމު ޑައިގްނޯސްޓިކް ހިދުމަތެއް ހިލޭ ދިނުމުގެ ސަބަބުން ބަލި މީހުންނަށް އަވަހަށް ބަލި ދެނެގަނެ، އެކަށީގެންވާ ފަރުވާ ދިނުމަށް މަގުފަހިވެގެން ދިއުން ކަމަށެވެ.

އެމްއާރްއައި ހެދުމުން ކެންސަރު، ނާރުގެ ބަލިތައް، އަދި މަސްތަކާއި ކަށިތަކުގެ އަނިޔާ ފަދަ ބަލިތައް އަވަހަށް ދެނެގަތުމަށް ފުރުސަތު ފަހިވެގެންދާނެ ކަމެއް ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.

މި ހިދުމަތް ހޯދުމަށްޓަކައި، ބަލި މީހުންގެ އަތުން ފައިސާ ނުނެގި ނަމަވެސް، އެމްއާރުއައި ހެދުމަށްޓަކައި ޑޮކްޓަރެއްގެ ރިފަރަލް ނުވަތަ ލިޔުމެއް އެ ހޮސްޕިޓަލަށް ހުށަހަޅަން ޖެހެ އެވެ.

ޓްރީ ޓޮޕުން ބުނީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރިޕޯޓުތައް ސީދާކުރުމަށްޓަކައި މި ކެމްޕޭނުގައި ބޭނުންކުރާނީ ޒަމާނީ އެމްއާރުއައިގެ ސާމާނު ކަމަށެވެ. އޭގެއިތުރުން ނަތީޖާ ދިރާސާކުރާނީ ތަޖުރިބާކާރު ރޭޑިއޮލޮޖިސްޓުން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ.

އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއި އެކު އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުން ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.