Advertisement

ޓްރީ ޓޮޕްގެ މ. އަތޮޅު ހެލްތު ކޭމްޕުން 362 މީހަކަށް ހިދުމަތް ދީފި

21 އޮކްޓޯބަރު 2025 - 11:17 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޓްރީ ޓޮޕް ހޮސްޕިޓަލުން މ. އަތޮޅުގައި ބޭއްވި ހެލްތު ކޭމްޕްގެ ތެރެއިން -- ފޮޓޯ: ޓްރީ ޓޮޕް


ޓްރީ ޓޮޕްގެ މ. އަތޮޅު ހެލްތު ކޭމްޕުން 362 މީހަކަށް ހިދުމަތް ދީފި

21 އޮކްޓޯބަރު 2025 - 11:17 0

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއެސްއާރްގެ ދަށުން މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ހެލްތު ކޭމްޕްގައި ރަށުގެ ރައްޔިތުންނާއި ރިސޯޓުތަކުގެ މުވައްޒަފުން ހިމެނޭގޮތަށް 362 މީހަކަށް ހިދުމަތް ދީފި އެވެ.

ޓްރީ ޓޯޕްގެ ސީއީއޯ އާދިލް މޫސާ ވިދާޅުވީ އެ ކޭމްޕަކީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުގެ މެޑިކަލް ޓީމުން ކުރާ ދެމެހެއްޓެނިވި މަސައްކަތެއް ކަމަށެވެ.

"މިފަހަރުގެ ކޭމްޕްގައި މ. އަތޮޅުގެ 362 ފަރާތަކަށް ޚިދުމަތް ފޯރުކޮށްދެވުނުކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ،" އޭނާ ވިދާޅޫވި އެވެ.

އެ ކޭމްޕްގައި ޓްރީ ޓޮޕްގެ އީއެންޓީ، އޯތޮޕީޑިކްސް އެންޑް ޓްރޯމާ، ނެފްރޮލޮޖީ، ޔޫރޮލޮޖީ، ކާޑިއޮލޮޖީ، އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ އަދި ނިއުރޯސާޖަރީގެ ދާއިރާތަކުން ކޮންސަލްޓަންޓުން ބައިވެރިވި އެވެ.

ޓްރީ ޓޮޕުން ބޭއްވި އެ ކޭމްޕުގެ މައިގަނޑު މަގްސަދަކީ ރަށުގައި ތެބެގެން ޓީޓީ އެޗްގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އެ ކޭމްޕުގައި މުލީ ރީޖަނަލް ހޮސްޕިޓަލުގެ މެޑިކަލް ފަންނުވެރިންނަށް މައުލޫމާތު ހިއްސާކުރި އެވެ.

މިއީ ޓްރީ ޓޮޕުން މި އަހަރު ތެރޭގައި ބޭއްވި ހަތަރުވަނަ ކޭމްޕެވެ. އެ ހޮސްޕިޓަލުން މި އަހަރު ވަނީ ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ އަދި ހއ. ދިއްދޫގެ ކޭމްޕްތަކުގައި ބައިވެރިވެފަ އެވެ.

މިދިޔަ އަހަރު ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަމުގައި ބޭއްވި ކޭމްޕްތަކުން 3،800 އަށްވުރެ ގިނަ މީހުންނަށް ހިދުމަތް ފޯރުކޮށްދީފައިވެ އެވެ.

އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.