27 ނޮވެންބަރު 2025 - 13:05 0
ލީވާން އަލީ ނާސިރު
27 ނޮވެންބަރު 2025 - 13:05 0
ޓްރީ ޓޮޕް ހޮސްޕިޓަލުން މި އަހަރުގެ ދެވަނަ ހިތާނީ ކޭމްޕްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
ހިތާނީ ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ ޑިސެމްބަރު 18، ގެ ނިޔަލަށެވެ. އެގޮތުން އެ މުއްދަތުގައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނަން ނޯޓުކުރަން ޖެހެ އެވެ.
ހިތާނީ ކޭމްޕް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ޑިސެމްބަރު 20، އިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 24، ގެ ނިޔަލަށެވެ. އާސަންދައަށް ކެނޑުމަށްފަހު ހިތާނީ ކޭމްޕްގެ ޕެކޭޖަކީ 5،500ރ. އެވެ.
• ޔޫރޮލޮޖިސްޓް އަދި އެނެސްތީސިއޮލޮޖިސްޓުންގެ އޮޕަރޭޝަނުގެ ކުރީގެ ކޮންސަލްޓޭޝަން.
• ޕްރޮސީޖާއާއި ގުޅޭ އާންމު ލެބޯޓަރީ ޓެސްޓްތައް.
• ލޯކަލް ނުވަތަ ޖެނެރަލް އެނެސްތީސިއާގެ ދަށުން ހިތާނުކުރުން.
• އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ތަކެއްޗާއި ބޭސް.
• އޮޕަރޭޝަނަށްފަހު ޑޭކެއާގައި މޮނިޓަރ ކުރުން.
• ފޮލޯއަޕް ކޮންސަލްޓޭޝަން.
• އޮޕަރޭޝަނަށްފަހު ލުއި ކެއުން.
• ހާއްސަ އަގެއްގައި ޕްރައިވެޓް ރޫމަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު.
ހިތާނީ ކޭމްޕްގައި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އޮޕަރޭޝަނަށް ފަރުވާއަށް ހާއްސަވެފައިވާ ޑޮކްޓަރުންނާއި، ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން ހިމެނޭ ގޮތަށް ތަޖުރިބާކާރު މެޑިކަލް ޓީމެކެވެ.
އެ ޑޮކްޓަރުން ޓީމުގައި ހިމެނެނީ ޑރ. މޫމިން، ޑރ. އުކްތަމް، ޑރ. ހުސެއިން، ޑރ. ޝަރީފް، ޑރ. އޯޑާ އަދި ޑރ. އުބައިދެވެ.
ކޭމްޕާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 3351610 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން ޓްރީ ޓޮޕުން އެދެ އެވެ.
ޓްރީ ޓޮޕުން ބުނީ އެންމެ މަތީ ފެންވަރުގެ ފަރުވާ ކަށަވަރުކުރުމަށްޓަކައި، އޮޕަރޭޝަންތައް ހިންގާނީ ކުދިންނަށް ހިތްހަމަޖެހޭނެ ގޮތަށް ހާއްސަކޮށްފައިވާ މާހައުލެއްގައި ކަމަށެވެ. އެ ކޭމްޕަކީ ބެލެނިވެރިންނަށް އިތުބާރު ކުރެވޭނެ އަދި ކުދިންނަށް ފަސޭހަ ތަޖުރިބާއެއް ލިބިގެންދާނެ ޕްރޮގްރާމެއް ކަމަށެވެ.
ޓްރީ ޓޮޕަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ފަރުވާތަކުގެ ހިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
Comment