Advertisement

އަމާނާ ތަކާފުލް ފިނިބުރު ޕްރޮމޯގެ ނަސީބުވެރިންނާ ހަތަރު އައިފޯން ހަވާލުކޮށްފި

12 އޭޕްރީލް 2025 - 11:45 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޕްރޮމޯޝަންގެ ހަތަރުވަނަ ހަފްތާގެ ނަސީބުވެރިއަކަށް ހޮވުނީ އަހުމަދު ސުޖާއު ޔަހްޔާ -- ފޮޓޯ: އަމާނާ ތަކާފުލް


އަމާނާ ތަކާފުލް ފިނިބުރު ޕްރޮމޯގެ ނަސީބުވެރިންނާ ހަތަރު އައިފޯން ހަވާލުކޮށްފި

12 އޭޕްރީލް 2025 - 11:45 0

އަމާނާ ތަކާފުލް އިން ނިމިދިޔަ ރޯދަ މަހު ކުރިއަށް ގެންދިޔަ "ފިނިބުރު ޕްރޮމޯ" ގެ ދަށުން އައިފޯން 16 ޕްރޯ މެކްސް ލިބޭ ހަތަރު ނަސީބުވެރިންނާއި ހަތަރު ފޯނު ހަވާލުކޮށްފި އެވެ.

ޕްރޮމޯޝަންގެ ދަށުން ރޯދަ މަހުގެ ފަހު 10 އެއް ވެސް ހިމެނޭ ގޮތަށް ފަހު ހަފްތާގެ ނަސީބުވެރިއަކަށް ހޮވުނީ އަހުމަދު ސުޖާއު ޔަހްޔާ އެވެ.

ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި އައިފޯން 16 ޕްރޯމެކްސް ލިބޭ ނަސީބުވެރިއަކަށް ހޮވުނީ އަހުމަދު ޝާހީން އަށެވެ. ދެވަނަ ހަފުތާގައި އައިމިނަތު ޝަރޫނާ ނަސީބުވެރިއަކަށް ހޮވުނުއިރު، ތިންވަނަ ހަފްތާގެ ނަސީބުވެރިއަކަށް ހޮވުނީ މަރިޔަމް ސިޒްލީ އެވެ.

އަމާނާ ތަކާފުލްގެ ފިނިބުރު ޕްރޮމޯޝަންގެ ދަށުން ރޯދަ މަހުގެ ކޮންމެ ހަފުތާއަކު އައިފޯން 16 ޕްރޯ މެކްސްއެއް ދިނެވެ. އެގޮތުން މުޅި ރޯދަ މަހުގެ ތެރޭގައި އެ ކުންފުނިން ހަތަރު އައިފޯނު ކަސްޓަމަރުންނާ ހަވާލުކުރި އެވެ.

އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް ފުރުސަތު ލިބުނީ އޮންލައިންކޮށް އަމާނާ ތަކާފުލްގެ ތާޑް ޕާޓީ މޮޓޯ ތަކާފުލް އިންޝުއަރެންސް ގަނެގެންނެވެ.

އަމާނާ ތަކާފުލް އިން ފަސޭހަކަމާ އެކު އޮންލައިންކޮށް އިންޝުއަރެންސް ޕޮލިސީ ނެގެ އެވެ.