ޓްރީ ޓޮޕް ހޮސްޕިޓަލަށް ވިޒިޓިންގް މެކްސިލޯފޭޝަލް ސާޖަންއެއް

9 އޭޕްރީލް 2025 - 13:18 0

ލީވާން އަލީ ނާސިރު

ލ

ޑރ. ސަލްމާން ބާޝާ: ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެނައި ވިޒިޓިންގް މެކްސިލޯފޭޝަލް ސާޖަން -- ފޮޓޯ: ޓްރީޓޮޕް


ޓްރީ ޓޮޕް ހޮސްޕިޓަލަށް ވިޒިޓިންގް މެކްސިލޯފޭޝަލް ސާޖަންއެއް

9 އޭޕްރީލް 2025 - 13:18 0

ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގެ ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު މަތި ކުރުމަށް މެކްސިލޯފޭޝަލް ސާޖަރީގެ ދާއިރާއިން 16 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޑރ. ސަލްމާން ބާޝާ ބަލިމީހުން ބަލާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޑރ. ސަލްމާން ޓްރީ ޓޮޕްގައި ބަލި މީހުން ބެލުމަށް ހަމަޖެހިފައި ވަނީ އެޕްރިލް 13، އިން 16 އަށެވެ.

މިއީ ދިވެހި ރައްޔިތުންނަށް، ބޭރަށް ދަތުރުކުރުމަކާ ނުލައި، މޫނާއި، ދަތްދޮޅިއާއި އަދި އަނގައިގެ ބޮޑެތި ސާޖަރީތަކަށް ބައިނަލްއަގުވާމީ ފެންވަރުގެ ފަރުވާ ލިބިގަތުމުގެ ފުރުސަތެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޑރ. ބާޝާގެ ހާއްސަ ފަރުވާތައް ޑރ. ބާޝާގެ ހާއްސަ ފަރުވާތަކުގެ ތެރޭގައި ތަފާތު މެކްސިލޯފޭޝިއަލް ހާލަތްތައް ދެނެގަނެ، އެންމެ އެކަށީގެންވާ ފަރުވާ އަދި އޮޕަރޭޝަން ނުވަތަ ޕްރޮސީޖާ ކުރުން ހިމެނެ އެވެ.

ހާއްސަކޮށް ދަތްދޮޅި އެއްވަރު ކުރުމުގެ ސާޖަރީތަކާއި، އޯތޮގްނާތިކް ނުވަތަ ދަތްދޮޅީގެ މައްސަލަތަކަށް އެންމެ އެކަށީގެންވާ ސާޖިކަލް ފަރުވާ ފޯރުކޮށްދެއްވާނެ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.

މީގެ އިތުރުން މޫނުގެ ޓްރޯމާ އަދި ރީކޮންސްޓްރަކްޝަންގެ ފަރުވާ، އެއީ، މޫނުގެ ކަށިތަކުގެ ބިންދުންތަކާއި، ޒަހަމްތަކާއި އަދި އެކްސިޑެންޓްތަކުގެ ސަބަބުން ކުރިމަތިވާ އަނިޔާ އަދި ގެއްލުންތަކަށް ހާއްސަ ސަމާލުކަމެއް ޓްރީ ޓޮޕުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ތަޖުރިބާކާރު ސްޕެޝަލިސްޓުންގެ ޓީމަކާއި ޒަމާނީ ވަސީލަތްތަކާއެކު ޓްރީ ޓޮޕުން މަސައްކަތް ކުރަނީ މޯލްޑިވިއަން އާބާދީގެ ސިއްހީ ފަރުވާގެ ތަފާތު ބޭނުންތައް ފުއްދައިދިނުމަށް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.