9 އޭޕްރީލް 2025 - 05:35 0
ލީވާން އަލީ ނާސިރު
މާލެއަށް ބޯކޮށް ވާރޭވެހުން: މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ދެ ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު
9 އޭޕްރީލް 2025 - 05:35 0
މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން އަދަދު އަށް ބުނީ އެޕްރިލް 9، 10 އަދި 11 ގައި މުޅި ރާއްޖެއަށް މޫސުން ގޯސްވެ، އެޕްރިލް 12، ގައި ކެރީގެ އަސަރު ހުންނާނެ ކަމަށެވެ. އެއަށްފަހު މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ އެޕްރިލް 13، ގައި ކަމަށް އެ އިދާރާއިން ބުންޏެވެ.
ރާއްޖެއަށް މޫސުން ގޯސްވެގެން އުޅެނީ ބެންގާލްގައި އުޅޭ ލޯ ޕްރެޝާގެ ސަބަބުން އުފެދިފައިވާ ވިއްސާރަވިލާތަކުގެ ސަބަބުން ކަމަށް މެޓް އިން ފާހަގަކުރެ އެވެ.
ބޯކޮށް ވާރޭވެހި ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މިއަދު 15:30 އާ ހަމައަށް މެޓް އިން ވަނީ ކ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ.
މިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހިފައިވެ އެވެ. އެގޮތުން ލ. ކައްދޫއަށް 159.5 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް މެޓްގެ ރެކޯޑުތަކުން ދައްކަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment