Advertisement

އިޓަލީގައި ކުރިއަށްދާ ލަވާޒާ ބަރިސްތާ ޗެލެންޖުގައި ދިވެހި ޒުވާނެއްގެ ހުނަރު ދައްކާލައިފި

9 އޭޕްރީލް 2025 - 08:56 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބައިނަލްއަގުވާމީ ބަރިސްތާ ޗެލެންޖުގައި ޒައިންގެ ހުނަރު ދައްކާލަނީ


އިޓަލީގައި ކުރިއަށްދާ ލަވާޒާ ބަރިސްތާ ޗެލެންޖުގައި ދިވެހި ޒުވާނެއްގެ ހުނަރު ދައްކާލައިފި

9 އޭޕްރީލް 2025 - 08:56 0

އިޓަލީގެ ޓުރިންގައި ކުރިއަށްދާ ބައިނަލްއަގުވާމީ ލަވާޒާ ބަރިސްތާ ޗެލެންޖް 2025 ގައި ރާއްޖެ ތަމްސީލުކުރާ ޒައިން ސަމީރު، 25, ގެ ހުނަރު ދައްކާލައިފި އެވެ.

ބ. އޭދަފުއްޓަށް ނިސްބަތްވާ ޒައިން މަސައްކަތް ކުރަމުން އަންނަނީ އަނަންތަރާ ކިހާވަށް ރިސޯޓުގެ އެފްއެންޑްބީގަ އެވެ.

ބަރިސްތާ ޗެލެންޖުން ޒައިން ފުރުސަތު ލިބުނީ މިދިޔަ އަހަރު ރާއްޖޭގައި ގައުމީ ލެވެލްއެއްގައި ބޭއްވި ބަރިސްތާ ޗެލެންޖުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. ޒައިން ވެގެން ގޮސްފައި މިވަނީ ލަވާޒާ ބަރިސްތާ ޗެލެންޖުގައި ރާއްޖެ ތަމްސީލުކުރާ ފުރަތަމަ ބަރިސްތާއަށެވެ.

ޒައިން


ޓުރިންގައި ކުރިއަށްދާ ބައިނަލްއަގުވާމީ ބަރިސްތާ ޗެލެންޖުގައި 16 ގައުމެއްގައި ގައުމީ ލެވެލްގައި ބޭއްވުނު މުބާރާތްތަކުން ޗެމްޕިއަންކަން ހޯދި ބަރިސްތާއިން ބައިވެރިވެ އެވެ.

މުބާރާތުގައި ޒައިން ތައްޔާރުކުރީ ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް ޖުމްހުރީ މޭވާ އަދި ކުރުނބާ ހިމެނޭ ގޮތަށް މޮކްޓެއިލްއެކެވެ. ނަމަވެސް އޭނާ ތައްޔާރުކުރި މޮކްޓެއިލްގައި އެއްވެސް ކަހަލަ ބަނގުރާގެ ބާވަތެއް ހިމަނާފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.

ބަރިސްތާ ޗެލެންޖުގައި ރާއްޖެ ތަމްސީލުކުރާ ޒައިންއަށް ވޯޓު ދިނުމުގެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ.

ޒައިން އަދި ޔޫރޯ ސްޓޯރުގެ އެއް ޕާޓްނަރު ވަސީމް، ބަރިސްތާ ޗެލެންޖުގެ އޮފިޝަލުންނާއެކު


މުބާރާތުގައި އިއްޔެ ޖުމްލަ ނުވަ ގައުމެއްގެ ބަރިސްތާއިން ހުނަރުތައް ދައްކާލި އެވެ. އަދި މިއަދު ބާކީ އަށް ބަރިސްތާއިންގެ ހުނަރު ދައްކާލުމަށްފަހު ނަތީޖާ ފާޅުކުރުން އޮންނާނެ އެވެ.

މުބާރާތަށް ތައްޔާރުވުމަށް ޒައިންއަށް ޔޫރޯ މާކެޓިން އިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ލަވާޒާގެ ސެޓިފައިޑް ޓްރެއިނަރުންނާ އެކު ތަމްރީންތަކެއް ފުރިހަމަކުރި އެވެ.

ލަވާޒާ ބަރިސްތާ ޗެލެންޖް އިޓަލީގެ ޓުރިންގައި ބާއްވާއިރު، ލަވާޒާ ވުޖޫދަށް އައީ ޓުރިން އިން 1895 ގަ އެވެ. ލަވާޒާއަކީ ރާއްޖޭގައި އެންމެ ހިނގާ ކޮފީ ބްރޭންޑަށްވާއިރު، އެ ކޮފީ ރާއްޖެއަށް އެތެރެކޮށް މާކެޓް ކުރަމުންދަނީ ޔޫރޯ ސްޓޯރުންނެވެ.