ޑިސްކައުންޓު ދޭނެ ކަމަށް ބުނި ކަރަންޓު ބިލު ބޮޑުވުމުން އާންމުން ރަތަށް!

3 އޭޕްރީލް 2025 - 08:18 5

ލީވާން އަލީ ނާސިރު

ލ

ސްޓެލްކޯގެ އެމްޑީ ފަހުމީ: ކަަރަންޓު ބިލު ބޮޑުތައް ބޮޑުވެގެން ގިނަ ބަޔަކު އަންނަނީ ސްޓެލްކޯއަށް ފާޑުކިޔަމުން -- ފޮޓޯ: އަދަދު


ޑިސްކައުންޓު ދޭނެ ކަމަށް ބުނި ކަރަންޓު ބިލު ބޮޑުވުމުން އާންމުން ރަތަށް!

3 އޭޕްރީލް 2025 - 08:18 5

ރޯދަމަހު ސްޓެލްކޯއިން ޑިސްކައުންޓު ދޭނެ ކަމަށް ބުނި ކަރަންޓު ބިލު މާ ބޮޑުވުމުން ރައްޔިތުންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެއްޖެ އެވެ.

ސްޓެލްކޯ އިން ބުނީ ރޯދަމަހުގެ ބިލުތަކުގައި ޑިސްކައުންޓު ހިމެނީ މިދިޔަ އަހަރުގެ އެންމެ ހޫނު ކަމަށް ރެކޯޑު ކުރެވުނު ތިން މަސް ކަމަށްވާ ފެބްރުއަރީ، މާޗު އަދި އެޕްރިލް އުނިކުރުމަށްފަހު ބާކީ ނުވަ މަސް ދުވަހުގެ އެވަރެޖެއް ހަދައި އެ އެވްރެޖަށް ވުރެ ބޮޑު ނުވާނެހެން ކަމަށެވެ.

ނަމަވެސް ބައެއް އާންމުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ބިލުތަކުން އެނގޭ ގޮތުގައި ޑިސްކައުންޓު ދިނުމަށްފަހު ސްޓެލްކޯއިން ހަދާފައިވާ ބިލުތައް އާންމު މަސްތަކަށް ވުރެ ބޮޑެވެ. އެގޮތުން ބައެއް ބިލުތަކުން އެނގޭ ގޮތުގައި ޑިސްކައުންޓާ އެކު އެހެން މަސްތަކަށް ވުރެ ދެގުނަ ވެސް ބޮޑުވެފައި އެބަހުއްޓެވެ.

ބައެއް އާންމުން ބުނި ގޮތުގައި މިދިޔަ ރޯދަ މަހަށް ނުވަންނަ ދުވަސްތަކާ އެކު ރީޑިން ނަގާފައި ފޮނުވި ބިލާއި ރޯދަ މަހަށް ވަކިން ފޮނުވި ބިލު އެއްކޮށްލުމުން ވެސް އެހެން މަސްތަކަށް ވުރެ ބޮޑުކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ބައެއް މީހުންގެ ކަންބޮޑުވުން ހުރީ މިދިޔަ މަހު ގޭގައި ގިނަ ދުވަހު ނޫޅުނު ނަމަވެސް، ކަރަންޓު ބިލަށް ބަދަލެއް އައިސްފައިވާކަން ފާހަގަ ނުކުރެވޭ ކަމަށާއި ގެއިން ކަރަންޓު ބޭނުން ނުކުރުމުން ވެސް ބިލު ބޮޑުވާން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.

ސްޓެލްކޯއިން އެވްރެޖް ބިލެއް ހެދި ނަމަވެސް އެ މަހުގެ އެކްޗުއަލް ރީޑިންގް ބިލްގައި ހިމެނިފައިވާއިރު، ނުވަ މަހުގެ ބިލް ހިސްޓްރީ ނެތްތަންތަނަށް އެންމެ މަދުވެގެންވެސް 10 ޕަސަންޓުގެ ޑިސްކައުންޓެއް ދީފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރޯދަ މަހު ކަރަންޓު ބޭނުންކުރާ މިންވަރު މާލެ އާއި ހުޅުމާލޭގައި ޕީކް ގަޑިތަކުގައި 104 މެގަވޮޓްއަށް އަރައިގެން ދިޔުމާ ގުޅިގެން ކަރަންޓު އިގްތިސޯދު ކުރުމަށް ސްޓެލްކޯއިން އެދުނެވެ. އަދި އެވްރެޖުކޮށް 100 މެގަވޮޓަށްވުރެ މަތިން ރޯދަ މަހު ކަރަންޓު ބޭނުންކުރިކަން އެ ކުންފުނިން ފާހަގަކުރި އެވެ.

މިދިޔަ ރޯދަ މަހު ވެސް ސަރުކާރުން ކަރަންޓު ބިލުން ޑިސްކައުންޓު ދީފައިވެ އެވެ. ނަމަވެސް މުޅި ރޯދަ މަހަށް ޑިސްކައުންޓު ދެވިފައި ނުވާތީ މިދިޔަ އަހަރު ދެ ފަހަރެއްގެ މަތިން ޑިސްކައުންޓު ދީފައިވެ އެވެ. އެފަހަރު ބިލުތަކުން ޑިސްކައުންޓު ދެވަނަ ފަހަރަށް ދޭން ނިންމީ ބިލު ބޮޑުވެގެން އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވުމުންނެވެ.

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


ޑަބަލް ބިލް ފަހުމީއެވެ.

1 day ago

ސުޓެލުކޯ ފަހުމީގެ މައްޗަށް އަހަރުމެން ގިޔާމަތް ދުވަހު މާތްކަލާންގެ ހަޒުރަތުގައި އުފުލާނެ ލައްކަ ޝަކުވާ އެބަހުރި. ދޮގު ހެދުމާ އޮޅުވާލުމާ ރައްޔިތުން ފެލުން. އެދުވަހުން އެމީހަކު ހިންގި ޖަރީމާއަކަށް އެމީހަކަށް ގައިމުވެސް ޖަޒާ ލިބޭނެ!! މުއިއްޒު ބުނެގެން ކުރިއްޔޭ ބުނެގެން ނުނިމޭނެ ދުވަސް އެއީ!! ވަﷲ އައުލަމް.

ދީދީ

1 day ago

ފަހުމީއައްއިގޭނެމަސްނިމޭއިރުއަނެއްމަހުގެކަރަންޓުބިލައްފައިސާނަގާނެވަރުއެހެންބަލާފަބިލުހަދަނީރައިއަތުންުބޯހައްދާމިނިސްޓަރުފަހުމީ

ކޮސް

2 days ago

މިފަހަރު މިއޮތީ ރޯދައިގެ ކުރީގެ ބިލެއް ހަދާފަ އޮޅުވާލަން. ކުރީފަހަރު އޮޅުވާލީ އެހެން ޓުރިކަކުން. މިއަންނަ ފަހަރު އަނެއްކާ އާގޮތެއް ހަދާނެ.

ޢާދަމް

2 days ago

ކޮންމެ ކަމެއްވެސް އޮޅުވާލުމުގަ. މިގޮތަށް ޑިސްކައުންޓްނުދީ މުޅިޔޫރަޕްގަ ދަރިންނާ ބައްދަލުކޮށް މެޗްބަލާލުމިގަ ހޭދަކޮށްބަލަ.

ސައިޚް

2 days ago

ބަލަ ފަހުމީ ބުނެފައޮތީ ކުރިން މިމަހު ބިލްބޮޑުކުރާނަމޭ، ބުނެފަ އެކުރީ، މީގެ ދުވަސްކޮޅެއްކުރިން ފަހުމީބުނި މިއަންނަ މަސް ހޫނުގަދަވާނޭ، ބިލްބޮޑުވާނޭ، ދެންކޮންސަކުވާއެއް، އަނެއްކަ މީ ވަގުންގެ ސަރުކާރު،