"ހިންތާ" ގެ ފިނާލޭ އަންނަ ބުރާސްފަތި ދުވަހު

25 މާރިޗު 2025 - 09:05 0

ލީވާން އަލީ ނާސިރު

ލ


"ހިންތާ" ގެ ފިނާލޭ އަންނަ ބުރާސްފަތި ދުވަހު

25 މާރިޗު 2025 - 09:05 0

މީޑިއާނެޓްގެ ވީޑިއޯ ކްލަބުގައި މިދިޔަ ފެބްރުއަރީން ފެށިގެން އެންމެ ހިޓް ދިވެހި ސީރީޒް "ހިންތާ" ގެ ފިނާލޭ އަންނަ ބުރާސްފަތި ދުވަހު ރިލީޒް ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެ ސީރީޒް ނިމުމަކާ ގާތްވެފައިވުމާ އެކު މިހާތަނަށް އެ ސީރީޒް ނުބަލާ މީހުންނަށް ފިނާލޭއަށްފަހު ސީރީޒްގެ ހުރިހާ އެޕިސޯޑެއް ބިންޖްކޮށް ބަލާލެވޭނެ އެވެ.

ކޯޕަރޭޓް ތްރިލާ ޖޮންރާގެ ހިންތާ ސީރީޒްއަށް ދިވެހިންގެ ބޮޑު ތަރުޙީބެއްވަނީ ލިބިގެން ގޮއްސަ އެވެ. މިއީ ދިވެހިންނަށް އާ ރަހައެއްގެ ސީރީޒްއެއް ކަމުން ގިނަ ބައެއްގެ ޝައުގުވެރިކަންވަނީ މި ސީރީޒްއަށް ލިބިފަ އެވެ.

ސީރީޒް ރިލީޒްކުރި ދުވަހުން ފަށައިގެން ގިނަބަޔަކު އަންނަނީ މި ސީރީޒްއަށް އަދި ޙާއްސަކޮށް ރާއީ އަށް ތައުރީފުގެ ބަސްތައް އޮއްސަމުންނެވެ. އެކްޓިންގްގެ މޮޅުކަމާއި އެކްސްޕްރެޝަންތަކުގެ ފުރިހަމަ ކަމުންނެވެ.

ރާއީގެ އިތުރުން ފިލްމެއްގެ ލީޑުރޯލުން ފުރަތަމަ ފަހަރަށް ފެނިގެންދާ ސާމީގެ ހުނަރުވެރި އެކްޓިންގްއަށް ވެސް ގިނަ ބަޔަކު އަންނަނީ ސާބަސްދެމުންނެވެ. ފިލްމީ ދާއިރާގައި ފުންނާބު އުސް ތަރިންތަކެއް ވެސް މި ސީރީޒްއިން ފެނިގެންދެ އެވެ. އޭގެ ތެރޭގައި ހަސަން މަނިކު، މުހައްމަދު މަނިކު، އިފްނާޒް ފިރާގް، ރަޝްފާ ފާރޫގް އަދި ތާތި އާދަމް ފާހަގަކޮށްލެވެ އެވެ.

އެމް އޮރިޖިނަލްސް ބޭނާގެ ދަށުން ތައްޔާރުކޮށްފައިވާ އެ ސީރީޒްއަކީ "އެއްކާފް" ގެ ޕްރޮޑަކްޝަނެކެވެ އަދި ޑައިރެކްޓްކޮށްފައިވަނީ ހުނަރުވެރި އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫގެވެ. މި ސީރީޒްގެ ސްކްރީންޕްލޭ ލިޔެފައިވަނީ އަހްމަދު ޒަރީރެވެ.

މީޑިއާނެޓުގެ ކަސްޓަމަރުންނަށް އެމްޓީވީ ސާރވިސް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެ ޓީވީ އަދި ފޯނު މެދުވެރިކޮށް މި ސީރީޒްގެ އެޕިސޯޑުތައް ބަލާލެވޭނެ އެވެ. އަދި އެމް އެސް ގްލޯބަލްއާއި އެމް އެސް ޑީޖިޓަލް ގްލޯބަލް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށްވެސް މި ސީރީޒް ބަލާލެވޭނެ އެވެ.

ޓީވީ މެދުވެރިކޮށް މި ސީރީޒް ބަލާލުމަށް ވީޑިއޯކްލަބްގެ ޓީވީ ޕެކޭޖެއް 100ރ، އަށް ނަގާލުމުން ބަލާލެވޭނެ އެވެ. އަދި ފޯނު މެދުވެރިކޮށް 50ރ ގެ ޕެކޭޖަކުން މި ސީރީޒް ބަލާލެވޭނެ އެވެ.