އަމާނާ ތަކާފުލްގެ ފިނިބުރު ޕްރޮމޯ: އައިފޯން 16 ޕްރޯ މެކްސް ލިބޭ ތިންވަނަ ނަސީބުވެރިޔާ ހޮވައިފި

23 މާރިޗު 2025 - 13:54 0

ލީވާން އަލީ ނާސިރު

ލ

"ފިނިބުރު ޕްރޮމޯ" ގައި އައިފޯން ޕްރޯމެކްސް ލިބޭ ތިންވަނަ ނަސީބުވެރިޔާއާ ފޯނު ހަވާލުކުރުން -- ފޮޓޯ: އަދަދު


އަމާނާ ތަކާފުލްގެ ފިނިބުރު ޕްރޮމޯ: އައިފޯން 16 ޕްރޯ މެކްސް ލިބޭ ތިންވަނަ ނަސީބުވެރިޔާ ހޮވައިފި

23 މާރިޗު 2025 - 13:54 0

އަމާނާ ތަކާފުލް އިން ރޯދަ މަހަށް ހާއްސަކޮށްގެން ފެށި "ފިނިބުރު ޕްރޮމޯ" ގެ ދަށުން މިދިޔަ ހަފުތާގެ އައިފޯން 16 ޕްރޯ މެކްސް ލިބޭ ނަސީބުވެރިޔާ ހޮވައިފި އެވެ.

ޕްރޮމޯޝަންގެ ދަށުން މިދިޔަ ހަފުތާގެ އައިފޯން 16 ޕްރޯމެކްސް ލިބުނީ މަރިޔަމް ސިޒްލީއަށެވެ.

ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި އައިފޯން 16 ޕްރޯމެކްސް ލިބުނީ އަހުމަދު ޝާހީން އަށެވެ. ދެވަނަ ހަފުތާގައި ލިބުނީ އައިމިނަތު ޝަރޫނާއަށެވެ.

މަރިޔަމް ސިޒްލީ އަދަދު އަށް ބުނީ އައިފޯނެއް ލިބުނީ އެއްވެސް ވަރަކަށް އުންމީދުކޮށްގެން ހުއްޓާ ނޫން ކަމަށާއި އައިފޯން ލިބޭކަން އެންގުމަށް ގުޅުމުން ފުރަތަމަ އެކަން ގަބޫލު ވެސް ނުކުރެވުނު ކަމަށެވެ.

"ސައިކަލް އިންޝުއަރެންސް އާކޮށްލީ އެއްވެސް ވަރަކަށް މިފަދަ ކަމެއް ކުރިއަށްދާކަން އެނގި ގެނެއް ނޫން. އަބަދުވެސް އަމާނާ ތަކާފުލް އިން އިންޝުއަރެންސް އާކުރަނީ. މިފަދަ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސް އަގުހުރި އިނާމެއް ލިބުމުން އުފާވޭ،" އޭނާ ބުންޏެވެ.

އަމާނާ ތަކާފުލްގެ ފިނިބުރު ޕްރޮމޯޝަންގެ ދަށުން ރޯދަ މަހުގެ ކޮންމެ ހަފުތާއަކު އައިފޯން 16 ޕްރޯ މެކްސްއެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މުޅި ރޯދަ މަހުގެ ތެރޭގައި އެ ކުންފުނިން ހަތަރު އައިފޯނު ކަސްޓަމަރުންނަށް ދޭނެ އެވެ.

އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ އޮންލައިންކޮށް އަމާނާތަކާފުލްގެ ތާޑް ޕާޓީ މޮޓޯ ތަކާފުލް އިންޝުއަރެންސް ގަންނަ ކަސްޓަމަރުންނަށެވެ.

އަމާނާ ތަކާފުލް އިން ބުނީ ފަސޭހަކަމާ އެކު އޮންލައިންކޮށް އިންޝުއަރެންސް ޕޮލިސީ ނެގޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި މިއީ އަގުހުރި އިނާމެއް ހޯދަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.