Advertisement

އަމާނާ ތަކާފުލްގެ "ފިނިބުރު ޕްރޮމޯ" ގައި އައިފޯން 16 ޕްރޯމެކްސް ލިބޭ ދެވަނަ ނަސީބުވެރިޔާ ހޮވައިފި

18 މާރިޗު 2025 - 22:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފިނިބުރު ޕްރޮމޯގެ ދެވަނަ ނަސީބުވެރިޔާއާ އައިފޯން 16 ޕްރޯމެކްސް ހަވާލުކުރުން -- ފޮޓޯ: އަދަދު


އަމާނާ ތަކާފުލްގެ "ފިނިބުރު ޕްރޮމޯ" ގައި އައިފޯން 16 ޕްރޯމެކްސް ލިބޭ ދެވަނަ ނަސީބުވެރިޔާ ހޮވައިފި

18 މާރިޗު 2025 - 22:11 0

އަމާނާ ތަކާފުލް އިން ރޯދަ މަހަށް ހާއްސަކޮށްގެން ފެށި "ފިނިބުރު ޕްރޮމޯ" ގެ ދަށުން މިދިޔަ ހަފްތާގެ އައިފޯން 16 ޕްރޯ މެކްސް ލިބޭ ނަސީބުވެރިޔާ ހޮވައިފި އެވެ.

ޕްރޮމޯޝަންގެ ދަށުން މިދިޔަ ހަފްތާގެ އައިފޯން 16 ޕްރޯމެކްސް ލިބުނީ އައިމިނަތު ޝަރޫނާއަށެވެ. އަދި ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި އައިފޯން 16 ޕްރޯމެކްސް ލިބުނީ އަހުމަދު ޝާހީން އަށެވެ.

އައިމިނަތު ޝަރޫނާ އަދަދު އަށް ބުނީ ސައިކަލުގެ އިންޝުއަރެންސް ހަމަވެގެން އޭނާ މަސައްކަތްކުރަމުން ދިޔަ އޮފީސް ކުއްޖެއް ލައްވާ އިންޝުއަރެންސް އާކޮށްލީ ކަމަށާއި އައިފޯނެއް މިގޮތަށް ލިބިދާނެ ކަމަށް އުންމީދު ވެސް ނުކުރާ ކަމަށެވެ.

"ނޭގޭ މިކަހަލަ އެއްވެސް ކަމެއް އޮންނަ ކަމެއް. ކުއްލިއަކަށް މިކޮޅުން ގުޅާފައި ބުނީމަ ގަބޫލެއް ނުކުރެވުނު. ފޭކް ކޯލެއް ކަމަށް ހީކުރީ. ދެވަނަ ކޯލުގައި އަމާނާގެ އޮފީހަށް އަންނާށޭ ބުނީމަ ޔަގީންވީ އަސްލު،" އޭނާ ބުންޏެވެ.

އަމާނާ ތަކާފުލްގެ ފިނިބުރު ޕްރޮމޯޝަންގެ ދަށުން ރޯދަ މަހުގެ ކޮންމެ ހަފްތާއަކު އައިފޯން 16 ޕްރޯ މެކްސްއެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މުޅި ރޯދަ މަހުގެ ތެރޭގައި އެ ކުންފުނިން ހަތަރު އައިފޯނު ކަސްޓަމަރުންނަށް ދޭނެ އެވެ.

އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ އޮންލައިންކޮށް އަމާނާތަކާފުލްގެ ތާޑް ޕާޓީ މޮޓޯ ތަކާފުލް އިންޝުއަރެންސް ގަންނަ ކަސްޓަމަރުންނަށެވެ.

އަމާނާ ތަކާފުލް އިން ބުނީ ފަސޭހަކަމާ އެކު އޮންލައިންކޮށް އިންޝުއަރެންސް ޕޮލިސީ ނެގޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި މިއީ އަގުހުރި އިނާމެއް ހޯދަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.