Advertisement

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު، ނަރީޝް އިސްތިއުފާ ދީފި

12 މާރިޗު 2025 - 13:20 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު، އަހުމަދު ނަރީޝް -- ފޮޓޯ: އަދަދު


މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު، ނަރީޝް އިސްތިއުފާ ދީފި

12 މާރިޗު 2025 - 13:20 3

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު، އަހުމަދު ނަރީޝް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މާލެ ސިޓީ ކައުންސިލުގައި ނަރީޝް ތަމްސީލު ކުރައްވަމުން ގެންދެވީ މާފަންނު މެދު ދާއިރާ އެވެ. ވަކި ސަބަބެއް ބަޔާން ކުރުމެއް ނެތި ނަރީޝް ހުށަހެޅުއްވި އިސްތިއުފާގެ ސިޓީގައި ވަނީ އޭނާއަށް ވޯޓު ދެއްވި ރައްޔިތުންނަށާއި އެ މަގާމަށް އޭނާ ހޮވައިދިނުމަށް މަސައްކަތް ކުރި ޕީޕީއެމް، ޕީއެންސީގެ ލީޑަޝިޕަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

މާލެ ސިޓީ ކައުންސިލުން ނަރީޝް މިއަދު އިސްތިފާދެއްވިއިރު، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވަން އުޅުއްވާ ކަމުގެ އަޑުތައް މީގެ ދެތިން ދުވަހެއް ކުރިން ފެށިގެން އާންމުންގެ ތެރޭގައި ދިޔައީ ފެތުރެމުންނެވެ. އަޑުތައް ފެތުރިފައި ވަނީ ސަރުކާރުގެ މަގާމަކާ ހަވާލުވުމަށް ނަރީޝް އިސްތިއުފާ ދެއްވަނީ ކަމަށެވެ. ނަމަވެސް ރަސްމީކޮށް މިކަން އަދި ކަށަވަރެއް ނުވެ އެވެ.

ނަރީޝްގެ އިސްތިއުފާގެ ސިޓީގައި އޭނާ ވަނީ ކުރީގެ މޭޔަރު، އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަށާއި މިހާރުގެ މޭޔަރު އާދަމް އާޒިމްގެ ފަރާތުން ދަސްވި ކަންކަމަށްޓަކައި އެ ދެ ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ވިދާޅުވެފައި ވަނީ ސިޓީ ކައުންސިލުގެ މެންބަރެއްގެ ގޮތުގައި ހޭދަ ކުރެވުނު ދުވަސްތަކަކީ އޭނާގެ ހަޔާތުގައި ފާއިތުވި އެންމެ އުފާވެރި ދުވަސްތައް ކަމަށާއި އެ ތަނުގައި ހޭދަ ކުރި މުއްދަތުގެ ތެރޭގައި އަމިއްލަ ޝަހުސިއްޔަތު ބިނާ ކުރުމަށް ބާރު ލިބިގެން ދިޔަ ކަމަށެވެ.