Advertisement

މިނިސްޓަރެއްގެ ފެންވަރުގައި ނަރީޝް ޔޫތު މިނިސްޓްރީއަށް

16 މާރިޗު 2025 - 12:43 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު، އަހުމަދު ނަރީޝް -- ފޮޓޯ: އަދަދު


މިނިސްޓަރެއްގެ ފެންވަރުގައި ނަރީޝް ޔޫތު މިނިސްޓްރީއަށް

16 މާރިޗު 2025 - 12:43 1

މާލެ ސިޓީ ޑެޕިއުޓީ މޭޔަރުކަމުން ބުދަ ދުވަހު އިސްތިއުފާދެއްވި އަހުމަދު ނަރީޝް މިނިސްޓަރެއްގެ ފެންވަރުގައި ޔޫތު މިނިސްޓްރީއަށް އައްޔަންކޮށްފި އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު އަދަދު އަށް ވިދާޅުވީ ނަރީޝް އައްޔަންކުރީ ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރުގެ އެޑްވައިޒަރެއްގެ ގޮތުގައި ކަމަށެވެ. އޭނާ މަގާމަށް އައްޔަންކުރީ ބުރާސްފަތި ދުވަހު އެވެ. މިނިސްޓަރެއްގެ މުސާރައަކީ 58,500ރ. އެވެ.

ވަކި ސަބަބެއް ބަޔާން ކުރުމެއް ނެތި ނަރީޝް ހުށަހެޅުއްވި އިސްތިއުފާގެ ސިޓީގައި ވަނީ އޭނާއަށް ވޯޓު ދެއްވި ރައްޔިތުންނަށާއި އެ މަގާމަށް އޭނާ ހޮވައިދިނުމަށް މަސައްކަތް ކުރި ޕީޕީއެމް، ޕީއެންސީގެ ލީޑަޝިޕަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

މާލެ ސިޓީ ކައުންސިލުން ނަރީޝް މިއަދު އިސްތިފާދެއްވިއިރު، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވަން އުޅުއްވާ ކަމުގެ އަޑުތައް މީގެ ދެތިން ދުވަހެއް ކުރިން ފެށިގެން އާންމުންގެ ތެރޭގައި ދިޔައީ ފެތުރެމުންނެވެ. އަޑުތައް ފެތުރިފައި ވަނީ ސަރުކާރުގެ މަގާމަކާ ހަވާލުވުމަށް ނަރީޝް އިސްތިއުފާ ދެއްވަނީ ކަމަށެވެ. ނަމަވެސް ރަސްމީކޮށް މިކަން އަދި ކަށަވަރެއް ނުވެ އެވެ.

ނަރީޝްގެ އިސްތިއުފާގެ ސިޓީގައި އޭނާ ވަނީ ކުރީގެ މޭޔަރު، އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަށާއި މިހާރުގެ މޭޔަރު އާދަމް އާޒިމްގެ ފަރާތުން ދަސްވި ކަންކަމަށްޓަކައި އެ ދެ ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ވިދާޅުވެފައި ވަނީ ސިޓީ ކައުންސިލުގެ މެންބަރެއްގެ ގޮތުގައި ހޭދަ ކުރެވުނު ދުވަސްތަކަކީ އޭނާގެ ހަޔާތުގައި ފާއިތުވި އެންމެ އުފާވެރި ދުވަސްތައް ކަމަށާއި އެ ތަނުގައި ހޭދަ ކުރި މުއްދަތުގެ ތެރޭގައި އަމިއްލަ ޝަހުސިއްޔަތު ބިނާ ކުރުމަށް ބާރު ލިބިގެން ދިޔަ ކަމަށެވެ.