Advertisement

ނަރީޝްގެ އިސްތިއުފާ އެލްޖީއޭއިން އީސީއަށް އަދިވެސް ނާންގާ

27 މާރިޗު 2025 - 08:20 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް. -- ފޮޓޯ: އަދަދު


ނަރީޝްގެ އިސްތިއުފާ އެލްޖީއޭއިން އީސީއަށް އަދިވެސް ނާންގާ

27 މާރިޗު 2025 - 08:20 3

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އިސްތިއުފާ ދެއްވިކަން ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ)އިން، އިލެކްޝަންސް ކޮމިޝަނަށް އަދިވެސް ނާންގާކަން އަދަދު ނޫހަށް އެނގިއްޖެ އެވެ.

ސިޓީ ކައުންސިލް ނަރީޝް އިސްތިއުފާ ދެއްވީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކައުންސިލް މެންބަރެއްގެ ގޮނޑި ހުސްވެއްޖެނަމަ 14 ދުވަސްތެރޭގައި އެކަން އެލްޖީއޭއިން އިލެކްޝަންސް ކޮމިޝަނަށް އަންގަންޖެހެ އެވެ.

ކައުންސިލުން ހުސްވާ ގޮނޑިއެއްގެ ބައި އިލެކްޝަން ބޭއްވުމުގެ މަސައްކަތް އީސީއަށް ފަށާނީ އެލްޖީއޭގެ އެ އެންގުން ލިބޭ ދުވަހުން ފެށިގެންނެވެ.

ގޮނޑިއެއް ހުސްވެއްޖެކަން އަންގާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވައި ކައުންސިލަށް އާ މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ. ނަމަވެސް ކައުންސިލުން ގޮނޑިއެއް ހުސްވާއިރު، އެ ކައުންސިލްގެ އުމުރު ހަމަވަން އަހަރަކަށް ވުރެ ކުރު މުއްދަތެއް އޮތްނަމަ ބައި އިލެކްޝަން ނުބޭއްވޭނެ އެވެ.

މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު އަންނަ އަހަރު މެއި މަހު ހަމަވާނެ އެވެ. އެހެންވެ، ނަރީޝް އިސްތިއުފާ ދެއްވުމުން މާލޭ ސިޓީ ކައުންސިލްގެ ގޮނޑިއެއް ހުސްވެއްޖެކަން އެލްޖީއޭގެ އެންގުން ލަސްކުރާނަމަ، ބައި އިލެކްޝަންގެ ފުރުސަތު ގެއްލުން އެކަށީގެންވެ އެވެ.

ބައި އިލެކްޝަނުން އިންތިހާބުކުރާ މެންބަރުންގެ ދައުރު ކައުންސިލްގެ ރަސްމީ ދައުރާއެކު ހަމަވާނެ އެވެ.