Advertisement

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިރޭ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

10 މާރިޗު 2025 - 21:15 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން މާލެއަށް ބޯކޮށް ވާރޭވެހުނު ދުވަހެއްގައި މަގުމަތި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިރޭ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

10 މާރިޗު 2025 - 21:15 0

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިރޭ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.

އެ އިދާރާއިން އާންމުކުރި ޕޯސްޓެއްގައި ބުނީ މާދަމާ ހެނދުނު 6:00 އާ ހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި މެދުރާއްޖެތެރެ އާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުންޏެވެ.

ކުރިއަށް އޮތް 12 ވަރަކަށް ގަޑިއިރު ތެރޭގައި މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު ފަސް މޭލާއ 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެ އެވެ.

މޫސުން ގޯސްވާ ވަގުތުތަކުގައި ރާއްޖޭގެ ދެކުނުގެ ކަނޑުތައް ފިޔަވައި އެހެން ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

އެހެންކަމުން އާންމުކޮށް ހުރިހާ އެންމެން ވެސް މޫސުނަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރައިން ވަނީ އިލްތިމާސްކޮށްފަ އެެވެ.