8 މާރިޗު 2025 - 12:53 0
ލީވާން އަލީ ނާސިރު
ބާޒާރުގައި މީހަކު ކުރުނބާ ފުޅިއަށް އަޅަން ތައްޔާރުކުރަނީ: ކުރުނބާ ފުޅިއެއް މިއަދު 120ރ. އަށް ލިބެން އެބަހުރި -- ފޮޓޯ: އަދަދު ފައިލް
8 މާރިޗު 2025 - 12:53 0
މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ކުރުނބާ އަގުހެޔޮވެ، ރޯދަ މަސް ފެށުނު ފަހުން ފުރަތަމަ ފަހަރަށް ފުޅިއެއްގެ އަގު 120ރ. އަށް ވެއްޓިއްޖެ އެވެ.
މި ރޯދަ މަސް ފެށުނުއިރު ވެސް ކުރުނބާ ފުޅިއެއްގެ އަގު ހުރީ 150ރ. އަށްވުރެ މަތީގަ އެވެ. ތިންވަނަ ރޯދައާ ހިސާބުން 180ރ. އަށް ވެސް ކުރުނބާ ފުޅިއެއްގެ އަގު އުފުލުނެވެ. ނަމަވެސް މަޑުމަޑުން ކުރުނބާ ފުޅީގެ އަގު ދަށްވެ މިއަދު ފުޅިއެއް 120ރ. އަށް ލިބެން އެބަހުއްޓެވެ.
ބާޒާރުގައި ކުރުނބައެއް ވަކިން މިއަދު ލިބެން ހުރީ 20ރ. އާއި 35ރ. އާ ދެމެދު އެވެ. ރޯދަ މަސް ފެށުނު މަހުން އެންމެ އަގުހެޔޮކޮށް ކުރުނބައެއް ލިބުނީ 35ރ. އަށެވެ. އަދި ކުރުނބައެއްގެ އަގު 50ރ. އާއި 60ރ. އަށް ވެސް އެރިކަން ފާހަގަކުރެވެ އެވެ.
ކަނޑޫދޫ މިރުހާއި ލ. އަތޮޅު މިރުސް ރޯދަ މަސް ފެށުނު ފަހުން ފުރަތަމަ ފަހަރަށް 10ރ. އާއި 15ރ. އަށް 100 ގްރާމު މިއަދު ދަނީ ވިއްކަމުންނެވެ. ރޯދަ މަސް ފެށުނުއިރު މިރުހުގެ 100 ގްރާމު ލިބެން ހުރީ 20ރ. އާއި 25ރ. އާ ދެމެދުގަ އެވެ.
ބާޒާރުގައި މިއަދު އަނެއްކާ ވެސް އަގު އަރައިގެން ގޮސްފައި ވަނީ ލެޓިއުސްގެ އެވެ. އެގޮތުން 40ރ. އާއި 50ރ. އަށް މިދިޔަ ހަފްތާ ނިމެން ދިޔައިރު ލިބުނު ލެޓިއުސް ކިލޯއެއް މިއަދު ލިބެން ހުރީ 80ރ. އާއި 100ރ. އާ ދެމެދުގަ އެވެ.
ބާޒާރުގައި ހުރި އެހެން ބާވަތްތަކަށް ބަލާއިރު އެހެން ދުވަހެކޭ ވެސް އެއް ފަދައިން އަގުތައް ހުރީ ގާތްގަނޑަކަށް އެއް މިންވަރެއްގައި ހިފެހެއްޓިފަ އެވެ. އަދި މަސް މާރުކޭޓުގައި ކަނޑު މަސް އަދި ކަންނެލި ކިލޯއެއް މިއަދު ވެސް ލިބެން ހުރީ 30ރ. އާއި 35ރ. އާ ދެމެދުގަ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment