Advertisement

އެމްއެޗްއޭއިން ވިޔަފާރިކޮށްގެން ކޮންމެ ދުވަހަކު 1،000ރ. ލިބުމުގެ ފުރުސަތު

8 މާރިޗު 2025 - 13:26 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްއެޗްއޭ: އެ ފިހާރައިން ވިޔަފާރިކޮށްގެން 1،000ރ. ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފައި


އެމްއެޗްއޭއިން ވިޔަފާރިކޮށްގެން ކޮންމެ ދުވަހަކު 1،000ރ. ލިބުމުގެ ފުރުސަތު

8 މާރިޗު 2025 - 13:26 0

ރާއްޖެއަށް ފުޅާ ދާއިރާއެއްގައި އިމްޕޯޓްކޮށް ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ އެމްއެޗްއޭ އިން ރޯދަ މަހަށް ހާއްސަކޮށް ކޮންމެ ދުވަހަކު 1،000ރ. ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ޕްރޮމޯޝަންގެ ދަށުން އެމްއެޗްއޭ އިން ވިޔަފާރިކުރާ ލޯޔަލްޓީ ޕްރޮގްރާމްގެ މެންބަރުންގެ މެދުގައި ކޮންމެ ދުވަހަކު ނަގާ ގުރުއަތުން ހޮވޭ މީހެއްގެ ލޯޔަލްޓީ މެމްބާޝިޕަށް 1،000ރ. ފޮނުވާނެ އެވެ.

ފައިސާގެ އިނާމު ލިބޭ ކަސްޓަމަރުންނަށް އެ ފައިސާ އެމްއެޗްއޭގެ ފަސް އައުޓްލެޓުން ކޮންމެ ވަގުތަކު ވެސް ވިޔަފާރި ކުރެވޭނެ އެވެ.

މީގެ އިތުރުން ކޮންމެ ދުވަހަކު ވެސް އެކި ބާވަތްތަކުން ޑިސްކައުންޓު ދެވިގެންދާނެ ކަމަށް އެމްއެޗްއޭ އިން ބުންޏެވެ.

އެމްއެޗްއޭ އިން ވިޔަފާރި ކުރުމަށްފަހު ކައުންޓަރަށް ނަންބަރު ކިޔައިދިނުމުން ލޯޔަލްޓީ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. ޕްރޮމޯޝަންގައި ބައިވެރިވުމަށް ފިހާރައިން ވިޔަފާރިކުރާ ކޮންމެފަހަރަކު ނަންބަރު ކައުންޓަރާ ހިއްސާ ކުރަން ޖެހޭނެ އެވެ.

އެމްއެޗްއޭއިން ވަނީ ރޯދަ މަހަށް ހާއްސަކޮށް އެ ފިހާރައިން ވިއްކާ ތަކެތި އިތުރުކޮށް، ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ވިޔަފާރި ކުރެވޭނެ މާހައުލެއް ގާއިމުކޮށްފަ އެވެ.

އެމްއެޗްއޭ އިން އަބަދުވެސް ކަސްޓަމަރުން ޝައުގުވެރި ކުރުވުމަށް އަދި ކަސްޓަމަރުންނަށް ފައިދާ ހުރި އެކި ޕްރޮމޯޝަންތައް އަބަދުވެސް ކުރިއަށް ގެންދެ އެވެ.