Advertisement

އެމެރިކާގެ ސިޔާސަތުގެ މިސްރާބު ހުރި ގޮތާއި މެދު އދ. ގެ ކަންބޮޑުވުން

5 މާރިޗު 2025 - 13:34 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އިސްވެރިޔާ ވޮލްކާ ޓާކް: އެމެރިކާގެ ސިޔާސަތުގެ މިސްރާބު ހުރި ގޮތާއި މެދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި -- ފޮޓޯ؛ އޭޕީ


އެމެރިކާގެ ސިޔާސަތުގެ މިސްރާބު ހުރި ގޮތާއި މެދު އދ. ގެ ކަންބޮޑުވުން

5 މާރިޗު 2025 - 13:34 0

އިންސާނީ ހައްޤުތަކާއި ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ސިޔާސަތުގެ މިސްރާބު ހުރި ގޮތާއި ގުޅޭ ގޮތުން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އިސްވެރިޔާ ވޮލްކާ ޓާކް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޖެނީވާގައި ކުރިއަށްދިޔަ އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ޓާކް ވިދާޅުވީ އެމެރިކާގެ ޑިމޮކްރެޓުންނާއި ރިޕަބްލިކަނުންގެ ފަރާތުން ވެސް އެމެރިކާއިން ފާއިތުވި އަހަރުތަކުގައި އިންސާނީ ހައްގުތައް ކުރިއަރުވައި ނެގެހެއްޓުމުގައި ބޮޑު އެއްބާރުލެއް ލިބިގެންދިޔަ ކަމަށެވެ.

ނަމަވެސް ޓްރަމްޕްގެ ނަން ސީދާ ވިދާޅުނުވެ ޓާކް ވިދާޅުވީ، މިހާރު އެމެރިކާގެ ސިޔާސަތުގެ މިސްރާބު ހުރީ ކަންބޮޑުވާ ދިމާއަކަށް ކަމަށެވެ. އެގޮތުން ބޭއިންސާފުން ހިނގަމުން ދިޔަ ކަންކަން ހުއްޓުވުމަށް އެކަށައަޅާފައިވާ އުސޫލުތަކަކީ ބޭއިންސާފު އުސޫލުތަކެއް ކަމަށް ބުނެ މިހާރު އެމެރިކާގެ ސަރުކާރުން ބުނަމުންދާ ވާހަކަތަކަށް އޭނާ ފާޑު ވިދާޅުވި އެވެ.

މިދިޔަ ޖެނުއަރީގައި ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށްފަހު އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އެމެރިކާ ވަނީ ވަކިވެފަ އެވެ.

އެމެރިކާއިން ބޭރު ގައުމުތަކަށާއި ޖަމިއްއްޔާތަކަށް ދެމުންދާ ހިލޭ އެހީ ކަނޑާލުމަކީ ވެސް އދގެ އިންސާނީ ހައްގުތަކާ ބެހޭ މެކޭނިޒަމަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ.

މިދިޔަ އަހަރު ވެސް އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ ވޮލަންޓަރީ ބަޖެޓްގެ 15 އިންސައްތަ 35 މިލިއަން އެމެރިކާ ޑޮލަރު (15 ޕަސަންޓް) ހަދިޔާކުރީ އެމެރިކާއިންކަން ފާހަގަކޮށްލެވެ އެވެ.