2 މާރިޗު 2025 - 11:59 0
މުހައްމަދު ޝަހްޒާން
ދިއްފުށްޓަށް ރޭކުރި ވިއްސާރައިގައި އެ ރަށުގައި ފެންބޮޑުވެފައި -- ފޮޓޯ: ވީޑިއޯ ސްނެޕްޝޮޓް
2 މާރިޗު 2025 - 11:59 0
ދިވެހިރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޯކޮށް ވާރޭވެހިފައި ވަނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ކ. ދިއްފުށްޓަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާގެ ރެކޯޑުތަކުން ދައްކައިފި އެވެ.
އެ އޮފީހުން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން އިއްޔެ ހެނދުނު 8:00 އިން މިއަދުގެ ހެނދުނު 8:00 އަށް ދިއްފުށްޓަށް 296.1 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
މީގެ ކުރިން އެންމެ ބޯކޮށް 24 ގަޑިއިރެއްގެ ތެރޭގައި ވާރޭ ވެހިފައި ވަނީ މިދިޔަ އޯގަސްޓު 12، 2024، ގައި ހއ. ކެލާ އަށެވެ. އެ ދުވަހު އެ ރަށަށް 24 ގަޑިއިރު ތެރޭގައި 231.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭގައި މާލެއަށް ވެސް ވަރަށް ބޯކޮށް ވާރޭވެހި ބޮޑު ބައެއްގައި ފެންބޮޑުވި އެވެ. ނަމަވެސް މާލެއަށް ކުރި ވިއްސާރައިގެ ތަފުސީލު އަދި މެޓު އޮފީހުން އާންމެއް ނުކުރެ އެވެ.
މާލެއަށް ކުރި ވިއްސާރައާ ގުޅިގެން މިހައިތަނަށް 40 މީހަކު ވަނީ ރައްކާތެެރި ތަންތަނަށް ބަދަލުކޮށްފަ އެވެ. ފެންބޮޑުވުމުގެ ސަބަބުން ސަރުކާރުގެ އޮފީސްތައް ވެސް މިއަދު ވަނީ ބަންދުކޮށްފަ އެވެ.
Comment