Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކާމިޔާބުގެ ސިއްރަކީ ބައިވެރިވާ ޓީމުތައް: ރިލްވާން

1 މާރިޗު 2025 - 11:53 1

އަތޫފް އާތިފް

އަތޫފް އާތިފް

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ފައިނަލް މެޗަށް ފަހު ރިލްވާން އިންޓަވިއު ދެނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ


ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކާމިޔާބުގެ ސިއްރަކީ ބައިވެރިވާ ޓީމުތައް: ރިލްވާން

1 މާރިޗު 2025 - 11:53 1

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކާމިޔާބީގެ ސިއްރަކީ މި މުބާރާތުގައި ބައިވެރިވާ ޓީމުތައް ކަމުގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 128 ޓީމަކުން ބައިވެރިވި އެވެ. އަދި މުބާރާތުގައި 300 އަށްވުރެ ގިނަ މެޗު ކުޅެވުނުއިރު, މުބާރާތުގެ ޗެމްޕިއަން ޓީމަކީ ކ. ކާށިދޫ އެވެ. މިއީ ކާށިދޫ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ކާމިޔާބުކަމާއެކު ނިންމާލުމަށް ފަހު, ރިލްވާން ވިދާޅުވީ، މި މުބާރާތް ކާމިޔާބުކަމާއެކު ނިންމާލެވުމުގެ ސިއްރަކީ މުބާރާތުގައި ބައިވެރިވާ ޓީމުތައް ކަމަށެވެ.

"ޓީމުތަކުން މުބާރާތައް ދޭ އަހަމިއްޔާތުކަން އެއީ މުބާރާތް ބާއްވާ ފަރާތައް ވަރަށް ބޮޑު ޕްރެޝަރެއް. ގިނަ ޓީމުތަކުން ބައިވެރިވެ, މުބާރާތައް ފުރިހަމައަށް ތައްޔާރުވުން އެއީ މުބާރާތް ބާއްވާ ފަރާތުން އިތުރަށް ވިސްނައި, ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅުކޮށް ކުރިއަށް ގެންދަން ޖެހޭ" ރިލްވާން ވިދާޅުވި އެވެ.

މުބާރާތް ކާމިޔާބުކަމާ އެކު ނިންމާލުމުގައި މުބާރާތުގެ އޯގަނައިޒިންގައި މަސައްކަތް ކުރާ ޓީމުގެ މަސައްކަތް ވެސް ރިލްވާން ފާހަގަކުރެއްވި އެވެ.

މި އަހަރުގެ މުބާރާތް ވެސް ކުރިއަށް ދިޔައީ ވިއްސާރައާ އެކުގަ އެވެ. އެކަމަކު، މުބާރާތުގެ ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންދެވުން ވެސް އެއީ ކާމިޔާބީއެއް ކަމަށް ރިލްވާން ވިދާޅުވި އެވެ.

ރިލްވާން ވިދާޅުވީ މުބާރާތް އިތުރަށް ފުރިހަމަ ކުރުމަށް އާންމުން، ސްޕޮންސަރުން އަދި ޓީމުތަކުން ދޭ ހިޔާލުތައް ނޯޓްކުރަމުން ގެންދާ ކަމަށެވެ. އަދި މުބާރާތް ބާއްވާއިރު، ބޮޑެތި ވައުދުތައް ނުވެ، ފަހަރަކަށް ވުރެ ފަހަރެއް އިތުރަށް ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކުރެވޭތޯ މަސައްކަތް ކުރާ ކަމަށް ރިލްވާން ވިދާޅުވި އެވެ.

ރިލްވާން ވިދާޅުވީ މުބާރާތް ބޭއްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ދެއްވާ އެހީތެރިކަން ފާހަގަކުރާ ކަމަށެވެ. އަދި، މިދިޔަ ދެ އަހަރުގެ ފައިނަލުގައި ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ބައިވެރިވެވަޑައިގަތުން އެއީ މުބާރާތައް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ރިލްވާން ވިދާޅުވި އެވެ.