Advertisement

އުޖާލާ ޕްރޮމޯޝަން: މުނިހޯމްކެއާއިން ވިޔަފާރިކޮށްގެން ބެޑްރޫމް ސެޓެއް ހޯދުމުގެ ފުރުސަތު

25 ފެބުރުވަރީ 2025 - 13:44 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ލިބޭ ބެޑްރޫމް ސެޓް


އުޖާލާ ޕްރޮމޯޝަން: މުނިހޯމްކެއާއިން ވިޔަފާރިކޮށްގެން ބެޑްރޫމް ސެޓެއް ހޯދުމުގެ ފުރުސަތު

25 ފެބުރުވަރީ 2025 - 13:44 0

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އުޖާލާ ފައިނޭންސިން މެދުވެރިކޮށް މުނިހޯމްކެއާ އިން ވިޔަފާރިކޮށްގެން ބެޑްރޫމް ސެޓެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މުނިހޯމްކެއާ އާއި އެމްއައިބީ ގުޅިގެން ފެބްރުއަރީ 10، އިން ފެށިގެން މެއި 3، ގެ ނިޔަލަށް ކުރިއަށްގެންދާ "އުޖާލާ ރަމަޒާން ޕްރޮމޯޝަން" ގައި ގުރުއަތުން ހޮވޭ ނަސީބުވެރިޔަކަށް ދިނުމަށް ހަމަޖެހިފައި ވަނީ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ ކިންވައިގެ 60،000ރ. ގެ އަގުހުރި ބެޑްރޫމް ސެޓެކެވެ.

އެ ޕްރޮމޯޝަންގެ ދަށުން އުޖާލާ ފައިނޭންސިން މެދުވެރިކޮށް މުނިހޯމްކެއާ އިން ވިޔަފާރިކުރާ ހުރިހާ ކަސްޓަމަރުންނަށް 20 ޕަސަންޓު ޑިސްކައުންޓު ވެސް އަންނަނީ ދެމުންނެވެ.

ޕްރޮމޯޝަން ކުރިއަށް ގެންދަނީ މުނި ޓްރޭޑާސް، މުނި ލިވިން ސެންޓާ، މުނި ފާނީޗާ ސެންޓާ އަދި މުނި ޕެއިންޓް ސެންޓަރުގަ އެވެ.

މީގެއިތުރުން ވެސް މުނިހޯމްކެއާ އިން ވަނީ ރޯދަ މަހަށް އަމާޒުކޮށް އެ ފިހާރައިން ވިއްކާ އެކި ފަރުނީޗަރުތަކުން ޑިސްކައުންޓްތައް އަންނަނީ ދެމުންނެވެ.

މުނިހޯމްކެއާ އިން ބުނީ ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވޭ މީހާގެ މައުލޫމާތު އެމްއައިބީ އަދި އެ ފިހާރައިގެ ސޯޝަލް މީޑިއާ ޗެނަލްތަކުގައި ހާމަކުރާނެ ކަމަށެވެ.