19 ފެބުރުވަރީ 2026 - 14:07 0
ލީވާން އަލީ ނާސިރު
19 ފެބުރުވަރީ 2026 - 14:07 0
ރޯދަ މަހު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކަސްޓަމަރުންނަށް ހިދުމަތްދޭ ގަޑިތައް އިއުލާންކޮށްފި އެވެ.
އެމްއައިބީން ބުނީ މިއަދުން ފެށިގެން މާޗު 9، ގެ ނިޔަލަށް އެ ބޭންކުގެ ބިޒްނަސް ބްރާންޗްގެ ކަސްޓަމަރުންނަށް ބިޒްނަސް ބޭންކިންގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 14:00 އަށް ކަމަށެވެ.
އެ މުއްދަތުގައި މާލޭގައި ހުންނަ ބިޒްނަސް ބްރާންޗުން ޓެލެގްރަފިކް ޓްރާންސްފާ ނުވަތަ ޓީޓީ ކުރުމުގެ ކަޓްއޯފް ޓައިމަކީ ހެނދުނު 9:30 އިން 11:00 އަށް ކަމަށް އެމްއައިބީން ބުންޏެވެ.
މިއަދުން ފެށިގެން މާޗު 9، ގެ ނިޔަލަށް އެމްއައިބީ ބިޒްނަސް ބްރާންޗް ނޫން އެހެން ހުރިހާ ބްރާންޗުތަކުން ވެސް ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 13:30 އާ ހަމަޔަށެވެ.
އެމްއައިބީއަކީ އެ ބޭންކުގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދޭ ބޭންކެކެވެ.
ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމާއި، އިންޓަނެޓް ބޭންކިންއަށް އަމިއްލައަށް ރަޖިސްޓާ ކުރުމާއި، ފައިސާ މޮބައިލް އަދި ފައިސާ ނެޓް މެދުވެރިކޮށް ޓީޓީގެ ހިދުމަތަށް އެދުމުގެ އިތުރުންވެސް އެމްއައިބީގެ އެޕްލައި ނައު ޕޯޓަލް މެދުވެރިކޮށް އެ ބޭންކުން ދޭ ހުރިހާ ހިދުމަތަކަށް އެދެވެ އެވެ.
Comment