Advertisement

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްއައިބީއަށް 100 މިލިއަން ރުފިޔާގެ ފައިދާއެއް

about 2 hours 0

މޯލްޑިވްސް އިސްލާމިކް ބޭންކު -- ފޮޓޯ: އަދަދު


މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްއައިބީއަށް 100 މިލިއަން ރުފިޔާގެ ފައިދާއެއް

about 2 hours 0

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 100 މިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެ އެވެ.

އެމްއައިބީން ބުނީ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި އެ ބޭންކުގެ އެސެޓް 1.69 ބިލިއަން ރުފިޔާއަށް އިތުރުވެ، ޖުމްލަ އެސެޓް ވެލިއު 16.64 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށެވެ. އަދި، ސާފު ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

އެމްއައިބީއަށް މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނީ 126 މިލިއަން ރުފިޔާ އެވެ. 2025 ގެ ތިންވަނަ ކުއާޓަރުގައި ޑިޕޮސިޓަށް ޖުމްލަ 12.11 ބިލިއަނަށް ރުފިޔާ ލިބުނު ނަމަވެސް ހަތަރު ވަނަ ކުއާޓާރުގައި އެ އަދަދު ވަނީ 13.64 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިއީ ތިނަވަ ކުއާޓަރާ އަޅާބަލާއިރު 1.53 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެމްއައިބީއަށް ކަސްޓަމަރުން ފައިސާ ޑިޕޮސިޓްކުރާ މިންވަރު އިތުރުވުމަކީ ބޭންކަށް ކުރާ އިތުބާރު އިތުރުވަމުންދާ ކަމުގެ ހެއްކެއްގެ ގޮތުގައި މީގެ ކުރިން އެ ބޭންކުން ސިފަކޮށްފައިވެ އެވެ. އެގޮތުން ވޭތުވެދިޔަ އަހަރު ތިންވަނަ ކުއާޓަރާއި ދެވަނަ ކުއާޓަރާއި ދެމެދު ވެސް އެއް ބިލިއަން ރުފިޔާއަށްވުރެ ބޮޑު ތަފާތެއްގެ ކުރިއެރުމެއް ހުއްޓެވެ. އެ ބޭންކުން ބުނީ އެ ބޭންކުން މަސައްކަތް ކުރަނީ ކަސްޓަމަރުންގެ އިތުބާރު ލިބޭނެ، ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

އެމްއައިބީން މިދިޔަ ކުއާޓަރުގައި، މުޖުތަމައުއަށް ފައިދާކުރަނިވި އެކި މަސައްކަތްތައް ވެސް ވަނީ ކޮށްފަ އެވެ. އެގޮތުން، ބ. އަތޮޅުގައި ކުނި މެނޭޖު ކުރުމުގެ ޕްރޮޖެކްޓެއް ހިންގުމަށް ސޮނެވާ ނަމޫނާއާ އެކު އެއްބަސްވުމެއް ހަދައި މަސައްކަތް ފަށާފައިވެ އެވެ.

އެމްއައިބީ އިން އޮންލައިންކޮށް އެކައުންޓް ހުޅުވުމުގެ ހިދުމަތާ އެކު އިތުރު ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ދެ އެވެ.