21 ފެބުރުވަރީ 2025 - 11:21 0
މުހައްމަދު ޝަހްޒާން
ސްރީލަންކާގެ ރައީސް އާ މިނިސްޓަރު ހަލީލް ބައްދަލު ކުރައްވަނީ: މިއީ ސްރީލަންކާގެ ރައީސް އާ ހަލީލް ބައްދަލު ކުރެއްވި ފުރަތަމަ ފަހަރު -- ފޮޓޯ: ފޮރިން މިނިސްޓްރީ
21 ފެބުރުވަރީ 2025 - 11:21 0
އަވައްޓެރި ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކެ އާ ފޮރިން މިނިސްޓަރު ހަލީލް ބައްދަލު ކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
މިނިސްޓަރު ހަލީލް ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ކުރިއަށް ޑިސަނަޔަކެގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ހަލީލް އާއެކު ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަސްއޫދު އިމާދު އާއި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާގެ އިތުރުން ވެސް ފޮރިން މިނިސްޓްރީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމަށްފަހު ދިވެހިރާއްޖޭގެ ތަރައްގީއަށް ސްރީލަންކާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ހަލީލް ޝުކުރު އަދާ ކުރެއްވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment