Advertisement

ރޯދަ މަހު ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 13:00 އަށް

18 ފެބުރުވަރީ 2025 - 12:58 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވެލާނާގެ ކައިރީ ސިވިލް ސާވަންޓުން: ރޯދަ މަހު ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 13:00 ކަމަށް ވަނީ ކަނޑައަޅާފައި -- ފޮޓޯ: އަދަދު ފައިލް


ރޯދަ މަހު ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 13:00 އަށް

18 ފެބުރުވަރީ 2025 - 12:58 0

އަންނަ ރޯދަ މަހު ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 09:00 އިން ފެށިގެން މެންދުރު 13:00 ޖަހަންދެން ކަމަށް ކަނޑައަޅައިފި އެވެ.

ރައީސް އޮފީހުން ބުނީ ކުރިއެކޭ ވެސް އެއްގޮތަށް ރޯދަ މަހުގެ އިތުރުން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ރަސްމީ މަސައްކަތް ކުރަން ޖެހޭނީ ހަތަރު ގަޑިއިރު ކަމަށެވެ.

ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ހެނދުނު 09:00 އިން މެންދުރު 13:00 އަށް ކަނޑައެޅީ މާޗު 6، 2022 ގަ އެވެ.

މިދިޔަ ރޯދަ މަހުން ފެށިގެން ރޯދަ މަހުގެ ފަހު 10 ރޯދައިގައި ސަރުކާރުގެ ހުރިހާ އޮފީހެއް ބަންދު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފަ އވެެ. މިގޮތުން މި އަހަރުގެ ރޯދަ މަހު ވެސް ފަހު 10 ރޯދަ ބަންދުވާނެ އެވެ.

އަންނަ މަހުގެ ފުރަތަމަ ދުވަހު ފެށޭ ރޯދަ މަހާ ދިމާކޮށް ގާނޫނުން ލާޒިމުކުރާ ރޯދަ އެލަވަންސް މި މަހުގެ 20 ގެ ކުރިން ދޫކުރަން ފިނޭންސް މިނިސްޓްރީން ވަނީ ސާކިއުލާއެއް ނެރެފަ އެވެ.

ކުރިއަށް އޮތް ރޯދަ މަހާ ގުޅުވާ މި މަހު 15 އިން ފެށިގެން ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަފުތާ ނިމެންދެން ފިހާރަތައް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުން ވެސް ވަނީ ސަރުކާރުން މަނާ ކޮށްފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ އެ ދުވަސްތަކުގައި ވިޔަފާރިކުރާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން ފެށިގެން މެންދަމު 1:00 އާ ހަމައާށް ކަމަށެވެ.

އޭގެއިތުރުން، ރޯދަ މަހު ކެފޭ އަދި ރެސްޓޯރަންޓުތައް ފަދަ ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އަށް ކަމަށްވެެސް އިކޮނޮމިކް މިނިސްޓްރީން ވަކިން ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ. އަދި، ޝައްވާލު މަހުގެ ފުރަތަމަ ހަފުތާ އެފަދަ ތަންތަން ހުޅުވޭނީ ފަތިހު 4:30 އިން މެންދަމު 3:00 އަށެވެ.