Advertisement

ފެނަކަ މުވައްޒަފުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ވައުޗަރު ދޭނެކަން އެންގުމަށްފަހު، އެ ނިންމުން ބާތިލުކޮށްފި

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހް --- ފޮޓޯ: ރައީސް އޮފީސް


ފެނަކަ މުވައްޒަފުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ވައުޗަރު ދޭނެކަން އެންގުމަށްފަހު، އެ ނިންމުން ބާތިލުކޮށްފި

ކުރިއަށް އޮތް ރޯދަ މަހަށް، ހަދިޔާގެ ގޮތުގައި ފެނަކައިގެ ކޮންމެ މުވައްޒަފަކަށް ވައުޗަރެއް ދޭން ނިންމި ނިންމުން އެ ކުންފުނިން ބާތިލުކޮށްފި އެވެ.

ފެނަކައިން އިއްޔެ ނެރުނު އެތެރޭގެ މެމޯއެއްގައި ބުނީ ރޯދަ މަހަށް، ހަދިޔާގެ ގޮތުގައި އެސްޓީއޯގެ ވައުޗަރެއް ދޭނެ ކަމަށް މީގެ ކުރިން މެމޯއަކުން އަންގާފައި އޮތް ނަމަވެސް، މިހާރު އެ ނިންމުން ބާތިލު ކޮށްފައިވާ ކަމަށެވެ.

"މި އަހަރުގެ ރަމަޟާން މަހަށް، ހަދިޔާގެ ގޮތުގައި ކުންފުނީގެ ކޮންމެ މުވައްޒަފަކަށް އެސްޓީއޯގެ ވައުޗަރެއް ދިނުމަށް މެނޭޖުމެންޓުން ނިންމެވިކަން ހަވާލާދެންނެވުނު ދެންނެވުނު ނަމަވެސް، މި ނިންމުން ބާތިލުކުރެވިފައިވާކަން ތިޔަ ބްރާންޗުތަކުގެ މައުލޫމާތަށްޓަކައި ދަންނަވަން،" އަތޮޅު ތެރޭގެ ބްރާންޗުތަކަށް ފެނަކައިން ފޮނުވި ސިޓީގައި ބުންޏެވެ.

ކުރިއަށް އޮތް ރޯދަ މަހަށް، ފެނަކައިގެ ކޮންމެ މުވައްޒަފަކަށް އެސްޓީއޯގެ ވައުޗަރެއް ދޭން ނިންމާފައިވާކަން އެ ކުންފުނިން މުވައްޒަފުންނަށް އެންގީ ޖެނުއަރީ 14، ގަ އެވެ. އެ ނިންމުން ބާތިލު ކުރި ސަބަބެއް ފެނަކައިގެ މެމޯގައި ބަޔާން ކޮށްފައެއް ނުވެ އެވެ.