5 ފެބުރުވަރީ 2025 - 10:21 1
ލީވާން އަލީ ނާސިރު
5 ފެބުރުވަރީ 2025 - 10:21 1
މީޑިއާނެޓް ރޯދަ ހަދިޔާ ޕްރޮމޯޝަންގައި ބައިލައްކަ ރުފިޔާ ހޯދުމުގެ އިތުރުން ކޮންމެ ހަފްތާއަކު 10،000ރ. ގެ ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އަންނަ މާޗު 3، ގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަންގައި ބައިލައްކަ ރުފިޔާގެ ނަސީބުވެރިޔާ ހޮވާނީ ޕްރިމިއަމް ވޯންޓްއޯލް ޕެކޭޖް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންގެ މެދުގަ އެވެ.
މީގެއިތުރުން ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި މީޑިއާނެޓްގެ ޕެކޭޖްތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާއަކު ނަގާ ލަކީ ޑްރޯގެ ނަސީބުވެރިޔަކަށް 10،000ރ. ގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މީޑިއާނެޓުން ބުނީ ޕްރޮމޯޝަން ނިމުމުން ނަސީބުވެރިން ހޮވައި މީޑިއާނެޓްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާ ކުރަމުންދާނެ ކަމަށެވެ.
މީޑިއާނެޓްގެ ޕެކޭޖްތަކާ ބެހޭ މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.
Comment